ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް މިއަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ދައުރުވާންފަށައިފި އެވެ.
ނޫސްތަކަށް މަޢުލޫމާތު ދެމުން އެކުންފުނިން ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެކަމަށެވެ.
ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެއެވެ.
ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްގެ ލެޓަރހެޑްގައި ލިޔެފައިވާ ފޭކް ބަޔާނުގައި ބުނެފައިވަނީ، ޖެނުއަރީ 17 ވަނަ ދުވަހުން ފަށައިގެން އެ ބޭންކުގެ ކޮންމެ ކާޑެއްގެ ވެސް ކްރެޑިލް ލިމިޓަކީ 150 ޑޮލަރު ކަމަށެވެ. އަދި މި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބީއެމްއެލް ކާޑަކުން ކެނޑޭނީ 150 ޑޮލަރު ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން ބީއެމްއެލް ކާޑުތަކުގެ އަހަރީ ފީގެ 50 ޕަސަންޓު ކަނޑާލެވިފައިވާކަމަށް ވެސް އެ ލިއުމުގައި ވެއެވެ.
މިލިއުން ހިއްސާ ކުރަމުންމުން ގިނަބަޔަކު އަންނަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ސައްޙަ ލިއުމެއްތޯ ބީއެމްއެލް ޓެގްކޮށް ސުވާލުކޮށްފައިވެއެވެ. މިލިއުމަށް ހަވާލާދީ ރާއްޖޭގެ ބަޔެއް މީޑިޔާތަކުން ވަނީ ހަބަރުވެސް ގެނެސްދީފައެވެ. ނަމަވެސް އެހަބަރުތައް މިހާރު ވަނީ ޑިލީޓްކޮށްލާފަ އެވެ.
ކޯވިޑް 19 ގެ ބަލި މަޑުކަމާ ގުޅިގެން ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުން މުއާމަލާތު ކުރެވޭ އަދަދު އެންމެ ފުރަތަމަ ދަށްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭރު ލިމިޓަކީ މަކަށް 250 އެމެރިކާ ޑޮލަރެވެ.
ބީއެމްއެލްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވެސް މިހާރު ވަނީ ރާއްޖޭގެ ބްރާންޗުތަކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!