މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު ޕަޕުއާ ނިއު ގިނީއަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 27 މިނިޓު ކުރިން
  • ބިންހެލުމުގެ ޚަބަރު މިޑް-އިންޑިއަން ރިޖަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 27 މިނިޓު ކުރިން

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1715 ވަނަ ޞަފްޙާ

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނައަށް ފިރުޝާނާ!

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނައަށް ފިރުޝާނާ!

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނަ، ދިވެހި ސިފައިންގެ އޮފިސަރެއް ކަމަށްވާ، ސަރޖަންޓް ފިރުޝާނާ ތައުފީގު ހޯދައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓް ގައި ކުރިއަށް ގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތަޢުފީޤު އެ ކޯހުން ބެސްޓް އިންޓަރނޭޝަނަލް ދަރިވަރަކަށް ހޮވިފައިވާ ކަމަށެވެ. މިއީ މި ކޯހުގައި ސިފައިންގެ ކަނބަލެއް ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އިނގިރޭސިވި...

ޔުމްނާ ޢަލީ
އުކުޅަހުގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

އުކުޅަހުގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

އއ. އުކުޅަހުގައި ސްޓެލްކޯއިން ތަރައްގީ ކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ސްޓެލްކޯއިން ބުނީ އުކުޅަހަކީ ލޯކަލް ޓޫރިޒަން ދާއިރާގައި ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު މިހާރުވެސް އެ ރަށުގައި އެކި ފަންތީގެ ގެސްޓްހައުސްތައް އިމާރާތްކުރަމުން އަންނަ ކަމަށެވެ. އެއާއެކު އެ ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގ...

އަޙްމަދު ވަހީދު
ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ. ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކަ...

އިބްރާހިމް އަސްވާޤް
އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ "ކެމްޕޭނު ބަނދަރު": ހުސައިން އަރީފް

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ "ކެމްޕޭނު ބަނދަރު": ހުސައިން އަރީފް

އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ “ކެމްޕޭނު ބަނދަރު” ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ. ހުސެއިން އަރީފް މިހެން ވިދާޅުވީ، “އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟” މިސުރުހީގެ ދަށުން ތިލަދުން ްއިން ގެނެސްދީފައިވާ ރިޕޯޓަކައް ޓުވިޓަރ މެދުވެރިކޮށް ރައްދުދެއްވަމުންނެވެ. ހުސެއިން އަރީފް އިތުރަށް ވިދާޅުވެފައިވަނީ، އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަކީ ބޮޑު ތިލަންދުންމަތީ ރައްޔިތުންގެ ވޯޓު ބަނޑު އަޅާލަން ސަ...

އަލީ އާދިލް
ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާ...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟

އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟

ސިޔާސީ ޕޯޑިއަމްތަކުގައި އުތުރުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ވާހަކަ ކޮންމެ އިންތިހާބަކާއި ގުޅިގެން ފެންމަތިވެއެވެ. އެކި ދައުރުގައި އެކި ނަންނަމުގައި އެމަޝްރޫޢުގެ އުފާވެރި ޚަބަރު ސުރުހީތަކުން ޖާގަ ހޯދައެވެ. ޗާޓާއި ކުރެހުންތަކާއި ތަސްވީރުތަކުން ހީވަނީ ދެންމެ ދެންމެ އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެހެންނެވެ. އަނެއްކާވެސް މިވަނީ “އިހަވަންދިއްޕޮޅުގެ މަޝްރޫޢު”ގެ ވާހަކަ ފެންމަތިވެފައެވެ. އުތުރުގެ އިޤްތިސާދީ ދުވެލި ބާރު ކުރުވާނެ ކަމުގެ ޔަގީންކަމާއި އެކު މިވަނީ މަޝްރޫޢުގެ ތަފްސީލް ސަރުކާރުން...

ޙުސައިން ޘަޤީފް
ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް، އުޑުމަތި އެއްކޮށް އޮރެންޖު ކުލައަށް!

ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް، އުޑުމަތި އެއްކޮށް އޮރެންޖު ކުލައަށް!

ޗައިނާގެ ވެރިރަށް ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް އަތުވެއްޖެ އެވެ. މި ތޫފާނުގެ ސަބަބުން އެ ސިޓީގެ އުޑުމަތި އެއްކޮށްވަނީ އޮރެންޖު ކުލައަށް ބަދަލުވެފައެވެ. ކުރިން އެ ގައުމުން ގަބޫލު ކުރީ މިއީ ވެލީގެ ތޫފާނެއް ކަމަށެވެ. ނަމަވެސް ސައިންސްވެރިން ވަނީ މިއީ ހިރަފުހުގެ ތާފާނެއް ކަން ކަށަވަރު ކޮށްދީފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވެލީގެ ތޫފާނަށްވުރެ ހިރަފުހުގެ ތޫފާނުގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑެވެ. އެގޮތުން ވެލި ލޮލަށާއި އަނގަޔަށް އަދި ކަންފަތަށް އެޅުނު […]

އަޙްމަދު ވަހީދު
ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 10:10 އިން މެންދުރު 14:00 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައްބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން […]

އަލީ އާދިލް
މަސްތުވާތަކެތީގެ އަސްލު "ވިޔަފާރިވެރިން" ހޯދާ ހުރިހާ މުދަލެއް ދައުލަތަށް ނަގަނީ

މަސްތުވާތަކެތީގެ އަސްލު "ވިޔަފާރިވެރިން" ހޯދާ ހުރިހާ މުދަލެއް ދައުލަތަށް ނަގަނީ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު “ވިޔަފާރިވެރިން” ހޯދާ ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމަކީ އަމާޒެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވެފައިވަނީ “މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިއުން” މިމަޢުލޫއަށް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ޝާއިއުކުރެއްވި ލިއުމެއްގައެވެ...

އިބްރާހިމް އަސްވާޤް
ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ

ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ

އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމުކަމަށާއި، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތައް ނިމުމުން އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އުންމީދަކީ ފެލިވަރު ތަރައްގީވެގެން ދިޔުމުން އުތުރުގެ...

ޝިއުނާ އާދަމް
އައިސްލެންޑުގެ ވެރިރަށް ރޭކްޖަވިކް ކައިރީގައި ހުރި ފަރުބަދައެއް ގޮވައިފި

އައިސްލެންޑުގެ ވެރިރަށް ރޭކްޖަވިކް ކައިރީގައި ހުރި ފަރުބަދައެއް ގޮވައިފި

އައިސްލެންޑުގެ ވެރިރަށް ރޭކްޖަވިކް ކައިރީގައި ހުރި ފަރުބަދައެއް އިއްޔެ ގޮވައިފިއެވެ. މި ފަރުބަދަ ގޮވުމުގެ ކުރިން ހަފުތާއެއް ވަންދެން އެ ގައުމަށް އެކި ވަރުގެ ބިން ހެލުން އައި ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެއެވެ. މި ފަރުބަދަ ހުންނަނީ ވެރިރަށާ ގާތްގަނޑަކަށް 25 މޭލު ދުރުގައެވެ. ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ އުޑުމަތިވެސް ވަނީ ރަތް ކުލައަށް ބަދަލުވެފައެވެ. އެ ގައުމުން ވަނީ އެ ސަރަހައްދުގައި ފްލައިޓާ އެނޫނުންވެސް ތަކެތިއުދުހުން މަނާ ކޮށްފައެވެ. […]

އަޙްމަދު ވަހީދު
ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފ...

ޙުސައިން ޝަހުދީ
އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް!

އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް!

ކޯވިޑް19ގެ ކޭސްތަކެއް ހއ. ބާރަށުން ފެނުމާއި ގުޅިގެން އެރަށް ދިމާވި ދަތި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އާއި އިތުރު ކުންފުނި ތަކަކުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެގޮތުން އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން ބާރަށު ރައްޔިތުންނަށް ވަނީ، 100 ބަސްތާ ހަނޑޫ، 100 ބަސްތާ ގޮދަން ފުއް، 100 ބަސްތާ ހަކުރު، 18 ލީޓަރުގެ 50 ކައްކާ ތެޔޮ ހަން ހަދިޔާކޮށްފަ އެވެ. އެސްޓީއޯގެ އިތުރުން ބާރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، […]

އިބްރާހިމް އަސްވާޤް
މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ އައްޝެއިޚް ޞާބޫނީ އަވަހާރަވެއްޖެ

މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ އައްޝެއިޚް ޞާބޫނީ އަވަހާރަވެއްޖެ

މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޢަލީ އައްޞާބޫނީ އަވަހާރަވެއްޖެ އެވެ. މިޒަމާނުގައި އިސްލާމީ ދުނިޔެ ދުށް އެންމެ މަޝްހޫރު ތަަފްސީރު ޢިލްމުވެރިޔާ އައްޝައިޚް ޞާބޫނީ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ތުރުކީގެ ހުޅަނގު އުތުރުގައި އޮންނަ ރަށެއް ކަމުގައިވާ ޔަލޯވާ ގައެވެ. ސީރިޔަން ސްކޯލާސް އެސޯސިއޭޝަންގެ ރައީސުގެ މަގާމުގައި ހުންނެވި ޞާބޫނީ އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 91 އަހަރެވެ. ޞާބޫނީއަކީ ފާއިތުވި ގަރުނުގައި އިސްްލާމީ ދުނިޔޭގައި އުފެދުނު ތަފްސީރާއި ޙަދީޘާއި ޤުރްއާނުގެ ޢ...

އަލީ އާދިލް
މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ޔުމްނާ ޢަލީ
ރަސްދޫއާއި ހިމަންދޫގައި އަޅާ ޒަމާނީ އިންޖީނުގޭގެ ބިންގާ އަޅައިފި

ރަސްދޫއާއި ހިމަންދޫގައި އަޅާ ޒަމާނީ އިންޖީނުގޭގެ ބިންގާ އަޅައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަތޮޅުތެރޭގައި ޚިދުމަތްދެމުންދާ ރަށްތަކުގައި ބިނާކުރާ ޒަމާނީ އިންޖީނުގެތަކުގެ ތެރެއިން އއ. ހިމަންދޫއާއި އެ އަތޮޅު ރަސްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ސްޓެލްކޯއިންބުނީ އަލަށް އަޅާ އިންޖީނުގޭގެ އިމާރާތާއެކު މިދެރަށުގެ މަލަމަތި ބަދަލުކޮށްލާނެކަމަށެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެކަމަށް އެކުންފުނިން ހާމަކުރައ...

އިބްރާހިމް އަސްވާޤް
ހދ.އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ބޭފުޅަކަށް ދޫކޮށްލައިގެން ނުތިބެވޭނެ: ރާޢީ

ހދ.އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ބޭފުޅަކަށް ދޫކޮށްލައިގެން ނުތިބެވޭނެ: ރާޢީ

ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށް، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ނުތިބެވޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީގެ ސްކްރީން ސޮޓެއް ހިމަނާފައެވެ. އެ ސުރުޚީގައި...

އަލީ އާދިލް
ބޯޑަރު ހުޅުވާލިފަހުން، ހުޅުވި ރިސޯޓްތަކުގެ އަދަދު 149 އަށް

ބޯޑަރު ހުޅުވާލިފަހުން، ހުޅުވި ރިސޯޓްތަކުގެ އަދަދު 149 އަށް

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 149 ރިސޯޓެއް ހުޅުވައި ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން […]

ޔުމްނާ ޢަލީ