ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންލީ ވޯޓުން ދެތިން ކަމެއް ބުނެދީފިކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. މެންބަރު ޢަލީ މިހެންވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި އެކިއެކި މަޤާމުތަކަށް، ސިޓީ ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް...
އަލީ އާދިލް
ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގަދައަޅައި މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރު މުޙައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފި އެވެ. މިމަހުގެ 10 ވަނަ ދުވަހުއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އާތިފް ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޓިކެޓްގައެވެ. މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ނަތީޖާއާއަށް ބަލާއިރު، އޭނާ އެ އ...
އަލީ އާދިލް
ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ. ހއ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް ދެ ބޭފުޅަކު ވާދަކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހއ.ދިއްދޫ، ނިޝާން، މޫސާ ޝަފީޤާއި، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި މާލޭ ސިޓީ، ދަފްތަރު ނަމްބަރު RS6629 ، ހުސައިން ރަޝީދެވެ. ހއ.އަތޮޅު ކައުންސިލުގެ ރައީސްކަން މޫސާ ޝަފީޤް ކާމިޔާބު ކުރައްވާ...
އިބްރާހިމް ޚަލީލް
މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހްކޮށް، ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް އެ އެކަޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ އެޕެއް ވެސް އިފްތިތާޙް ކޮށްފިއެވެ. މިގޮތުން ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ އެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެވެ. ދިވެހިބަހުގެ އެކެޑެމީން ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަ...
ޝިއުނާ އާދަމް
ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ޤައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ ނުހަނު ބޮޑު ނަސީބެއް ކަމަށެވެ. ”އަންނާން އޮތް ޖީލުތަކަށް މި […]
ޝިއުނާ އާދަމް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗްލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހުގައެވެ. ބަޔާންގެ ދަނޑުގައި މި ދެޓީމް ކުއާޓާގެ ފުރަތަމަ މެޗު ކުޅެފައިވާއިރު އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީންނެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިގެން ގޮސްފައިވަނީ 1-0 […]
އިބްރާހިމް ޚަލީލް
އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ހަސަން ނިޒާރު އެވެ. ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހ...
ޔުމްނާ ޢަލީ
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ، މި މަހުގެ 15 ވާ ބުރާސްފަތި އަދި 16 ވާ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި އިންޑިޔާ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއު ތަކާއި ގުޅިގެން މަޝްވަރާ ކުރެއްވުން ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރް ބައް...
އާއިޝަތު ރަފާހް ޢަލީ
ބޮޑެތި އިނާމްތަކާއެކު މޯލްޑިވް ގޭސްގެ ރޯދަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ. ރޯދަ މަހާއި ޝައްވާލު މަހުގެ ހަ ދުވަހުގެ ނިޔަލަށް ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓްރީވާ ކޮންމެ ކަސްޓަމަރަކަށް ގޭސްފުޅި ހިލޭ ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ކަސްޓަމަރު ދައްކަން ޖެހޭނީ ގޭސް ރީފިލް ފީ އެކަންޏެވެ. މި މުއްދަތުގައި ކޮންމެ ހަފުތާއަކު ފައިސާގެ އިނާމް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދާނެއެވެ. މި […]
އަޙްމަދު ވަހީދު
މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ. ޑރ މުހައްމަދު އަލީ މިހެން ވިދާޅުވެފައިވަނީ މިއަދު މުޅި ރާއްޖޭގައި ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ. ޑރ މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބަލިމީހާއަށް ފަސޭހަކަމާއެކު ފަހުމުވާގޮތަށް ސާފު ސީދާ ދިވެހިބަހުން މުޢާމަލާތްކުރާން އެނގުމަކީ އެ ބައްޔެއްގެ ތަފުސީލު އޮޅުންފިލުވ...
އާއިޝަތު ރަފާހް ޢަލީ
މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ހާމަކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއެވެ. އެގޮތުން މިއަހަރު މާލެއާއި ހުޅުމާލ...
އިބްރާހިމް އަސްވާޤް
އުރީދޫއިން ރޯދައަށް ހާއްސަކޮށްގެން އެ ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއި އަދި ޑިސްކައުންޓް ލިބޭ އޮފާތަކެއް ތައާރަފުކޮށްފިއެވެ. ރޯދަ މަހަށް އަމާޒުކޮށްގެން އުރީދޫ އިން ވަނީ ސުޕަނެޓު ރައުޓަރު އަގުހެޔޮކޮށް ގަނެވޭނެ މަގު ފަހިކޮށްދީފައެވެ. އެގޮތުން މޫލީ މެދުވެރިކޮށް ރައުޓަރު ގަންނަ ފަރާތްތަކަށް40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. ޒަކާތް ދައްކާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އުރީދޫއިން ވަނީ އެމްފައިސާއާއި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގުފަހިކޮށްދީފައެވެ. ޕްރިޕެއިޑ...
އަޙްމަދު ވަހީދު
(ފުރަތަމަ ބައި ކިޔާލެއްވުމަށް މިތަނަށް ފިތާލައްވާ) ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރުން: ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރާއިރު ވިތުރި ކުރާނީ ތިން ރަކުޢަތުން ވިތުރި ކުރެވޭ ފުރަތަމަ ގޮތުގައި ބުނެވިދިޔަ ފަދައިން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ފަސް ރަކުޢަތް ނުވަތަ ހަތް ރަކުޢަތް ކޮށްގެންނެވެ. ފަހެ މިގޮތަށް ވިތުރި ކުރެވިދާނެކަމުގެ ދަލީލަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަމަނާ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލެ އަދި ހުޅުމާލެ ހިމެނޭހެން ވިޔަފާރު މުދާ އުފުލުމުގެ ގަޑިތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކަނޑައަޅައި އާންމު ކޮށްފިއެވެ. މިގޮތުން ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނޑެއްގައި ވިޔަފާރު އުސޫލުން އުފުލުމަކީ މަނާކަމެކެވެ. މަނާ ގަޑިތަކެއް ކަނޑައެޅި ނަމަވެސް މުދާ އުފުލޭނެ ގަޑިތަކެއް […]
އިބްރާހިމް ޚަލީލް
ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން “އާޗާ ޕޯސްޓްޕެއިޑް” ޕެކޭޖުތަކެއް ތައާރަފު ކޮށްފިއެވެ. އުރީދޫއިން ބުނީ، އާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަ ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާނެކަމަށެވެ. އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ދެ ޖީބީ އިން ފެށިގެން ހަ ޖީބީ އާއިހަމައަށް ޑޭޓާ އާ ވެގެންދިއުމުގެ އިތުރުން އަނ...
އަޙްމަދު ވަހީދު
ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރެއާލުން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އުމުރުން 35 އަހަރުގެ ރާމޯސްއަށް އަނިޔާވެފައި ވަނީ މާޗް މަހުގެ ފަހުކޮޅު ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައެވެ. ރާމޯސް އެންމެ ފަހުން ރެއާލްއަށް […]
އިބްރާހިމް ޚަލީލް
ރަޟާން މަހު މާލޭ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާންމު ކޮށްފިއެވެ. ރަމަޟާން މަހަށް އެޗްޕީއޭއިން މިގެނައި ބަދަލުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަލަށް ވެކްސިން ޖަހާ މީހުންނަށް މިހާރު ދެމުން އަންނަނީ ހަމައެކަނި ޗައިނާގެ ސިނަފޯމް ވެކްސިނެވެ. މި ވެކްސިން ޖަހަން ހުއްދަދީފަ...
އިބްރާހިމް ޚަލީލް
ދިވެހި ދަނޑުވެރިން ހާއްސަކޮށްގެން އެސްޓީއޯއިން “އެގްރިސެންޓާ” ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މި ސެންޓަރު ހުޅުވާފައިވަނީ އެސްޓީއޯގެ ކުރީގެ ސިމެންތި ގުދަން ހުރި ތަނުގައެވެ. އެގްރި ސެންޓަރަށް ތަކެތި ވިއްކޭނީ ހަމައެކަނި އެ ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ދަނޑުވެރިންނަށެވެ. މިހާތަނަށް 200އެއްހާ ދަނޑުވެރިން ވަނީ މި ސެންޓަރުގައިރަޖިސްޓްރީވެފައެވެ. އަމްރު ވިދާޅުވީ މި ސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންނަށް ފުޅާ ދާއިރާއެ...
އަޙްމަދު ވަހީދު