ބޮޑެތި އިނާމްތަކާއެކު މޯލްޑިވް ގޭސްގެ ރޯދަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

ރޯދަ މަހާއި ޝައްވާލު މަހުގެ ހަ ދުވަހުގެ ނިޔަލަށް ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓްރީވާ ކޮންމެ ކަސްޓަމަރަކަށް ގޭސްފުޅި ހިލޭ ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ކަސްޓަމަރު ދައްކަން ޖެހޭނީ ގޭސް ރީފިލް ފީ އެކަންޏެވެ.

މި މުއްދަތުގައި ކޮންމެ ހަފުތާއަކު ފައިސާގެ އިނާމް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދާނެއެވެ. މި ލަކީޑްރޯއިން ހޮވޭ މީހަކަށް 1،000ރ. ގެ ފައިސާގެ އިނާމް ލިބޭނެއެވެ.

މީގެ އިތުރުން މުޅި ޕްރޮމޯޝަނަށް ހާއްސަކޮށްގެން ބޮޑު ލަކީޑްރޯއެއްވެސް ނަގާނެއެވެ. މި ލަކީޑްރޯގައި އެއްވަނައަށް ދާ މީހަކަށް 10،000ރ. ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ދެވަނައަށް 8،000ރ. އަދި ތިންވަނައަށް 5،000ރ. ގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފައެވެ.

ފައިސާގެ އިނާމް ލިބޭ ދެ ޕްރޮމޯޝަނުގައިވެސް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.