ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން "އާޗާ ޕޯސްޓްޕެއިޑް" ޕެކޭޖުތަކެއް ތައާރަފު ކޮށްފިއެވެ.
އުރީދޫއިން ބުނީ، އާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަ ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާނެކަމަށެވެ.
އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ދެ ޖީބީ އިން ފެށިގެން ހަ ޖީބީ އާއިހަމައަށް ޑޭޓާ އާ ވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށް އުރިދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާރޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓްޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ އެ ކުންފުނިން ދެކޭގޮތުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އުރޫދޫއިން އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތިފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އާޗާ ޕޯސްޓްޕެއިޑާއެކު މަހަކު 600 ރުފިޔާއަށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާ ލިބޭނެއެވެ. އެއީ ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީއާއި އެހެނިހެންކަންކަމަށް ހާއްސަ އެއް ޖީބީ ޑޭޓާއެވެ. އޭގެ އިތުރުން އެ ޕޭކޭޖުން އުރީދޫ ނަންމަބަރުތަކަށް ގުޅުން މުޅިން ހިލޭ އަދި އެހެން ނެޓްވޯކްތަކަށް 300 މިނިޓު ހިލޭ ގުޅޭނެއެވެ.
ދެވަނަ ޕެކޭޖް 800 ރުފިޔާއަށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަތަރު ޖީބީ ޑޭޓާ ލިބޭނެއެވެ. އެއީ ސޯޝަލް މީޑިއާއަށް ދެ ޖީބީ އަދި އެހެނިހެން ކަންކަމަށް ދެޖީބީއެވެ. އެ ޕެކޭޖްގައިވެސް އުރީދޫ ނަންބަރުތަކަށް ގުޅުން މުޅިން ހިލޭ އަދި އެހެން ނެޓްވޯކްތަކަށް 600 މިނިޓު ހިލޭ ގުޅޭނެއެވެ.
ތިން ވަނަ ޕެކޭޖް 1000 ރުފިޔާގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭނެއެވެ. އެއީ ޝޯޝަލް މީޑިއާއަށް ތިން ޖީބީ އަދި އެހެނިހެންކަންކަމަށް ތިން ޖީބީއެވެ. އުރީދޫ ނަންބަރުތަކަށް ހިލޭ ގޫޅޭއިރު، އެހެނިހެން ނެޓްވޯކްތަކަށް 1،000 މިނިޓު ހިލޭ ގުޅޭނެއެވެ.
މީގެ ކުރިން އާޗާ ޕްރިޕެއިޑް ދެމުން އައީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށެވެ. ހުސައިން ނިޔާޒު ވިދާޅުވީ، އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯއަށް ކަސްޓަމަރުންގެ ވަރަށް ބޮޑުމަގްބޫލުކަމެއްލިބިފައިފައިވާ ކަމަށެވެ.
އުރީދޫއިން ރޯދައަށް ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެެެވެ. އެގޮތުން ސުޕަނެޓް ރައުޓާ ގަންނަ ކަސްޓަމަރުންނަށް މިހާރު 40 ޕަސެންޓު ޑިސްކައުންޓްލިބޭނެއެވެ.
Postpaid customers can now enjoy 6x more data with #AachaaPostpaid Plans! With the BEST data allowances in the market, daily data renewal & unlimited Ooredoo calls. Choose from 3 exciting plans based on your daily data usage! #EnjoytheInternet
Info: https://t.co/PFhSbNCvEf pic.twitter.com/XR35nAVhUm— Ooredoo Maldives (@OoredooMaldives) April 12, 2021
އޭގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް އަދި ޕްރިޕެއިޑް ނަންބަރު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމާއި ނަމާދު ވަގުތު ބެލުމާއި ރީތިޓިއުންސް މެދުވެރިކޮށް ގުރުއާނާއި މަދަހަ ހިލޭ އަޑު އެހުމުގެ ހިދުމަތް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!