ކޯވިޑު-19 ގައި މިއަދު ރާއްޖެއިން ދެވަނަ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 122 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލީގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Ad
rt

މިއީ މި މަހު މި ބަލީގައި ރާއްޖެއިން ނިޔާވި 50 ވަނަ ފަރާތެވެ. މި މަހަކީ މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހެވެ.

ރާއްޖޭގައި މިވަގުތު 20،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.