ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ.

މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިން ރަނގަޅުވެފައެވެ. މަކުނުދޫގައި މިވަގުތު 15 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 504 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.

ށ. ފީވަކު ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ކިބައިން ކޯވިޑަށް ޝައްކުުރެވޭ އަލާމަތްތައް ފެނިގެން ސާމްޕަލް ނެގިއިރު އެފަރާތް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ، ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި 5 މީހާއެވެ.