ހއ .ހޯރަފުށީގައި ކުރިއަށްދާ އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް ތްރީޑީ އިން ކަށަވަރު ކޮށްފި އެވެ.
ޓީމް ތްރީޑީ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ލީގްގައި ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 06 ޕޮއިންޓް ހޯދައި ލީގްގެ އެއްވަނަ ޓީމްގޮތުގައެވެ.

މުބާރާތުގެ ފައިނަލް 02 ވަނަ ޖާގަ ލިބޭނީ 25 ވަނަދުވަހު އޮންނަ ސެމީފައިނަލްގައި ލީގްގައި 02 ވަނަ އަށްދިޔަ ބަދަހި ސިކްސް އަދި ލީގްގައި 03 ވަނަ އަށް ދިޔަ ހޯރަ އެއަރޕޯރޓް ބައްދަލުކޮށް މޮޅުވާޓީމް އަކަށެވެ.

ލީގްގައި ބަދަހި ސިކްސް 02 ވަނައަށް ގޮސްފައިވަނީ ލީގްގައި ހޯރައެއާރޕޯރޓް އާއި ޕޮއިންޓް ގެ ގޮތުން އެއްވަރުވެ ބަދަހި ސިކްސް އަދި ހޯރައެއަރޕޯރޓް ބައްދަލް ކުރި މެޗުން ބަދަހި ސިކްސް މޮޅުވެފައިވާތީ އެވެ. 03 ވަނަ ލިބިފައިވަނީ ހޯރަ އެއަރޕޯރޓް އަށެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ހަވީރް 16:15 ގައި ހޯރަފުށީ ސްޕޯރޓްސް އެރީނާގެ ވޮލީކޯޓްގައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!