ކޯނޭގެ ފައި ބިންދާލި މައްސަލާގައި ގަތަރުގެ މަދީބޯ 5 މެޗަށް ސަސްޕެންޑްކޮށްފި
ވޯލްޑް ކަޕްގައި ކެނެޑާގެ މިޑްފީލްޑަރު އިސްމާއީލް ކޯނޭގެ ފައި ބިންދާލި ނުރައްކާތެރި ޓެކްލްއާ ގުޅިގެން ގަތަރުގެ އާސިމް މަދީބޯ ފަސް މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެންކޫވަރުގައި ކެނެޑާ އާއި ގަތަރު ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 51 ވަނަ މިނެޓުގައި މަދީބޯ ފަހަތުން ކުރި ނުރައްކާތެރި ޓެކްލްއަކާ ގުޅިގެން އޭނާއަށް ވަނީ […]