ވެނެޒުއޭލާއަށް އައި ބާރު ގަދަ ބިން ހެލުމާއެކު ބްރެޒިލްގެ އެމެޒޯންގެ އިމާރާތްތަކުން ވެސް މީހުން ހުސްކުރަން ޖެހުނު
ވެނެޒުއޭލާއަށް ބުދަ ދުވަހުގެ ރޭ އައި ބާރުގަދަ ދެ ބިންހެލުމެއްގައި މިހާތަނަށް މަދުވެގެން 164 މީހުން މަރުވެ، 971 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުންތަކަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެނެޒުއޭލާއަށް އައި...