އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް ފަސޭހަކަމާ އެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިންއޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމެއް ކަމުގައިވާ ސޮނީ ލިވްއާ ގުޅިއްޖެއެވެ.

އުރީދޫ އިން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަނާއެކު މެޗުތައް ބަލާލުމަށް އެންމެ 250ރ. އަށް 20ޖީބީގެ ޑޭޓާ ލިބޭކަމަށެވެ. "ޔޫރޯ 2020 ޕެކް"ގެ ނަމުގައި ތައާރަފްކުރި ޕެކް ބޭނުންކުރެވޭނީ 30 ދުވަހަށެވެ.

Ad
rt

އުރީދޫ އިން ބުނީ މި ޕެކް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދިސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅޭ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން، އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ސޯޝަލް މީޑިއާއަށް ހާޢްސަ ކުރެވިފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބެލޭނެއެވެ.

މި އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކޮށްފައިވާކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މިއަދުން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަންމުޅިން ހިލޭ ލިބޭނެ އެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ ފަރާތްތަކާއި އަލަށް ނަގާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ ކަމަށްއުރީދޫ އިން ބުންޏެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމްކުރެވޭއިރު، އެ ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެއެވެ.

ޔޫރޯ ޕެކް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް http://ore.do/app އަށް ޒިޔާރަތްކޮށްލުމުން އެ ޕެކްތައްއެކްޓިވޭޓް ކުރެވޭނެއެވެ.