ތ. ހިރިލަންދޫގައި ބެލެނިވެރިން ނިކުމެ އެރަށުގެ ސްކޫލްގައި އަޅުއަޅުވައި، ސްކޫލް ދޮށުގައި އިޙްތިޖާޖް ކުރަމުންއެބަދެވެ. ބެލެނިވެރިން އިޙްތިޖާޖް ކުރަމުން ދަނީ ބޯކޮށް ވާރޭ ވެހި ސްކޫލްގައި ނުކިޔެވޭވަރަށް ކްލާސްރޫމްތަކަށް ފެން ވަދެފައިވާއިރުވެސް ސްކޫލްއިން ކިޔެވުން ކުރިއަށްގެންދިއުމާއި ގުޅިގެންނެވެ. ނަމަވެސް ބެލެނިވެރިންގެ އިޙްތިޖާޖާއި ގުޅިގެން އިންޓަވަލް ފަހު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލައި، ސްކޫލްގައި ތަޅު އަޅުވާފައެވެ. މިއީ ވިއްސާރަވާ ކޮންމެ ދުވަހަކު ހިރިލަންދޫ ސްކޫލްގެ ހާލުކަމަށާއި، ސްކޫލްގެ...
އަޒްފާ ރަޝީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާން ކާމިޔާބުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި ޒެނިތު ސެއިންޓް ޕީޓްސްބާގް ބައްދަލުކުރި މެޗުން ހަނިގޮތަކަށް ޗެލްސީ މޮޅުވެއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ބާސާގެ ގޯލާއި އަމާޒުކޮށް އެ ޓީމުން ގިނަ ހަމަލާތަކެއް […...
އިބްރާހިމް ޚަލީލް
ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި،250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ޕްރެސް...
އަޙްމަދު ވަހީދު
މި ހިނގާ 2021 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 7 ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓާއި ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅޭގޮތުން ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ސިޓީއެއް ފޮނުވައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އެޑްރެސްކުރައްވައި، ރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެހުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ...
އަލީ އާދިލް
ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 13 […]
އިބްރާހިމް ޚަލީލް
ރ. މީދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރާ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ސައީދު ވަނީ އެ ރަށުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށްފައެވެ. އ...
އަޙްމަދު ވަހީދު
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްގެ ބިމުން ނަގާފައިވާ ހިލަތަކުގެ ތަހުލީލުތައް ދައްކާ ގޮތުން އޭލިއަނުން އެ ބިމުގައި އުޅެފައިވާކަމުގެ ހެކިތައް ފެނިފައިވާކަމަށް ބުނެފި އެވެ. މާސްއަށް ޕާސްވިއެރެންސާ އެކު ފޮނުވި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިލަ ނަގާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. މިހިލަތަށް އިތުރަށް ތަޙްލީލު ކުރުމަށް ދުނިޔެއަށް ގެނައުމަށް އަދި 10 ވަރަކަށް އަހަރު ނަގާނެކަމަށް ނާސާއިން ބުނެއެވެ. މާސްއިން ގެނައި ހިލަތަކުގެ ތަހުލީލްތައް ދައްކާ ގޮތުންނަމަ، އެޕްލެނެޓްގައި މީގެ ކުރިން އޭލިއަނުން ނުވ...
އަޒްފާ ރަޝީދު
“ޤައުމަށް އައި މިނިވަން ނޫރާނީ”ގެ އަޑެވެ. “ޖޯޝޭ ގެނައި މީ ޤައުމީ އުފާ” ގެ އަޑެވެ. އެއީ “އޯ ވަޒަނެ މީ ލޯބީ”ގެ އަޑެވެ. “ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ”ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އާދޭހެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް […]
ޢަބްދުﷲ ސަޢީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އިދިކޮޅުން އެކަމުގެ ޝަކުވާތައް އދ. އަށް ހުށަހަޅައިފިއެވެ. އދ. ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރެއްގެ ގޮތުން ރާއްޖޭގައި މަސައްކަތް ކުރައްވާ ފާޑިނާންޑް ވޮން ހެބްސްބާގް އާ އެކު މިއަދު ޕީޕީ އެމް އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ޕާޓީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅިގެން އިދިކޮޅުގެ ހިޔާލާއި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރައީސް ޔާމީންގެ ހައްގުތައް […...
ޝިއުނާ އާދަމް
ހދ. އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓްކަމުގައިވާ ހޮނޑާފުށީގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފަކަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވެއްޖެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން “ތިލަދުން” އިން ވަނީ ރަސްމީ ސިފައެއްގައި އެ ރިސޯޓްގެ މެނޭޖްމެންޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުގެ ޖެނެރ...
ޙުސައިން ޘަޤީފް
ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގްރައުންޑް މަސައްކަތްތަކުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ...
އަޙްމަދު ވަހީދު
ހުޅުމާލެ ޖަލުން ރޭ މަރުވި ގައިދީ މުހައްމަދު އަސްލަމް 40، މަރުވި ވަކި ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށް އޭނާގެ މަރުގެ ސެޓްފިކެޓާ ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. އަސްލަމްގެ މަރުގެ މައްސަލަ ހޫނުވެ އާއިލާއިން ކަރެކްޝަނަށް ތުހުމަތުތަކެއް ކުރަމުންދާއިރު، ހޯމް މިނިސްޓްރީން ވަނީ އޭނާ މަރުވި އިރު ކަން ހިނގައިދިޔަ ގޮތް އެނގޭ ޓައިމްލައިނެއް އާންމުކޮށްފައެވެ. އޭގައި ފެންނަ ގޮތުން އަސްލަމް މޭޒެއްގެ މަތީގައި އިންދާ އަނބުރައިގަނެގެން ވެއްޓުނީ 17:59ގައެވެ. އެ މަންޒަރު ސީސީޓީވީން […]
ޝިއުނާ އާދަމް
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ 89 އިންސައްތަ އަދި ސަބްގްރޭޑްގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް […]
އަޙްމަދު ވަހީދު
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރާ 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވޯޓަކާ ނުލައި ހޮވިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން އާންމުކުރި ލިސްޓުގައި ވަނީ ހޮވިފައިވާ ކެންޑިޑޭޓުން އާންމުކޮށްފައެވެ. އެގޮތުން އިންތިހާބުގައި 826 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރެއިން 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ. މިގޮތަށް އެ ކެނޑިޑޭޓުން ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި މަހުގެ 25 ވަނަ ދުވަހަށް […]
ޝިއުނާ އާދަމް
ގައުމުގައި އުފެދިފޭ މައްސަލަތައް ހައްލުކުރަން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލައަށް ބަހުސް ކުރައްވަން ލިބޭ ވަގުތުގައި “ދަތްދޮޅީގެ” ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ރޭ ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް އޭ...
އަލީ އާދިލް
ޑައިބެޓިކްސް ނުވަތަ ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އައުޓްރީޗް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުމަށް ހަމަޖެހިފައި ވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ވިދާޅުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ނޭޝަނަލް ޑައިބެޓިކް ސެންޓަރ އަދި ކޭއާރްއެޗް ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. އަދި މި އައުޓްރީޗް ކޭމްޕުގެ މައިގަނޑު މަގްސަދަކީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައި ތިބި އެންމެހާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ދިނުމާއި ކޭއާރްއެޗްގެ ޑޮކްޓަރުންނާއި...
އަޙްމަދު އަރުޝަމް
ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތް...
އިބްރާހިމް ޚަލީލް