ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ 89 އިންސައްތަ އަދި ސަބްގްރޭޑްގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، ދުއްވޭ ގޮތަށް 38,916 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 88.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.