މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ގާއިމްކުރެވުނު ޕާޓްނާޝިޕަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސަ އަކީ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއެއް ކަމަށާއި އެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާ އާއެކު އިތުރު ޕްރޮޖެކްޓުތައް ހިންގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް މި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާޓްނާ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ. ކުރިއަށް އޮތްތަނުގައި މިޝަން ފޮ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު"

ނިޔާޒް ވިދާޅުވިއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ރައީސް އަދި ފައުންޑަރު ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ލިބޭނެކަމަށެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޮ މައިގްރަންޓް ވޯކާސް އާއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައިވެއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓާ ކުރެވިފައިވާ ފުރަތަމަ އެންޖީއޯއެވެ.