ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފިއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވުމުން ފަރުވާއަށް އެމީހާ ފުރަތަމަ ގެނެވުނީ މާލޭ ސިޓީގެ އޭޑީކޭ ހޮސްޕިޓަލަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފަތުރުވެރިޔާއަކީ ސައުތު އެފްރިކާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ.
މި މީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ޅ އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓަށް ގެންގޮސްދީފައި ވަނީ މިއަދު އިރު އޮއްސި 18:30 ހާއިރުއެވެ.
މީގެއިތުރުން އެމްއެންޑީއެފްއިން މިއަދު ވަނީ އއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 74 އަހަރުގެ ދިވެހި އަންހެނަކު، އިތުރު ފަރުވާއަށް މާލެ ގެނެސްދީފައެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމީހާ މާލެ ގެނެސްދިނީ ވެސް މިއަދު އިރުއޮއްސި 18:30 ހާއިރު އެވެ.
އެމްއެންޑީއެފް އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އިތުރު ފަރުވާއަށް އުފުލަންޖެހޭ މީހުން އެކި ތަންތަނަށް އުފުލުމަށް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!