މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1528 ވަނަ ޞަފްޙާ

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި [...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ހއ. އިހަވަންދޫގައި ރޭ ފަށައިފިއެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ރޭ ފެށި މި މަހާސިންތާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިންނާއެކު ކުރިއަށް ގެންދާ މަހާސިންތާ ރޭ ފެށިއިރު އިއްޔެ ހެނދުނު […]

ޔުމްނާ ޢަލީ
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ތަމްސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މިގޮތުން މި މުބާރާތުގައި ހދ. އަތޮޅު ތަމްސީލް ކުރުމަށް ބައިވެރިން ހޮވުމަށް ކުރިއަށް ގެންދެވުނު އަތޮޅު ޤުރުއާން އޮޑިޝަންގައި ހދ. އަތޮޅުގެ 10 ރަށަކުންނާއި، ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް މިއަހަރު 6 އުމުރުފުރާއަކުން ޖުމްލަ 131 ބައިވެރިން ވާދަކޮށްފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެ ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު އޮންލައިން ކޮ...

އަޒްފާ ރަޝީދު
އިންޓަ މިލާނާއި ޔުވެންޓަސް މެޗަށް ހަމަހަމަ ނިމުމެއް

އިންޓަ މިލާނާއި ޔުވެންޓަސް މެޗަށް ހަމަހަމަ ނިމުމެއް

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އިންޓަ މިލާނުންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އިންޓަގެ ޗަލޮނގޫ ފޮނުވާލި ބާރު ހަމަލާ ޔުވެންޓަސްގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު […]

އިބްރާހިމް ޚަލީލް
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލްކުލެސިކޯ މެޗް ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ޑެސްޓަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. ރެއާލްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ހުހަށްހުރެ އޭނާ […]

އިބްރާހިމް ޚަލީލް
މަހްމޫދުގެ މަރު: މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި

މަހްމޫދުގެ މަރު: މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅުނު ގޭގެ ގޯތި ތެރޭން މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފިއެވެ. މި މަހު 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން...

ޝިއުނާ އާދަމް
ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ. ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކ...

ޔުމްނާ ޢަލީ
މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުއްވައިފި

މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުއްވައިފި

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުވައިފިއެވެ. މިއަދު ހެނދުނު މުޙައްމަދު ޤާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި އެ ޕްރީސްކޫލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މި ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް މިލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ. ތަނަވަސްކަމުގެ އަޙުލުވެރިންނަށް މުޖުތަމަޢަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުޞަތ...

ޔުމްނާ ޢަލީ
ދިވެހިންގެ ބޭންކަށް ބިލިއަނުން ފައިދާ

ދިވެހިންގެ ބޭންކަށް ބިލިއަނުން ފައިދާ

ދިވެހިންގެ ބޭންކު، ބީއެމްއެލް އަށް މިދިޔަ ކުއާޓާގައި ބިލިއަނުން ފައިދާ ވެއްޖެއެވެ. އެ ބޭންކުން މިއަދު ބޭއްވި ހާއްސަ ގޮތުން ބާއްވާ އާއްމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމޮތީ ސޯޔާ ވިދާޅުވީ މިދިޔަ ކުއާޓާގައި ބޭންކަށް 1.03 ބިލިއަން ރުފިޔާ ހިންގުމުގެ ފައިދާ ގޮތުގައި ލިބިފައިވާ ކަމަށެވެ. މިއީ ބޭންކަށް ދައްކަން ޖެހޭ ލޯނެއް ނުދައްކައި ހުރުމަށްފަހު އެއްފަހަރާ ފައިސާ ދެއްކުމުން ލިބުނު ފައިދާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓިމް ވިދާޅުވީ އާމްދަނީ ލިބޭ […]

އަޙްމަދު ވަހީދު
މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީއަކީ ސަރުކާރުގެ އެނ...

އަޙްމަދު ވަހީދު
އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ. މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި، އިންޑިއާ ކަނޑުގެ ކެޓަގަރީން ހަތަރު އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެވޯޑަކީ އެންމެ މަގުބޫލު މަންޒިލެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ރާއްޖެ އިން މި އެވޯޑު ހާސިލު ކުރި 13 ވަނަ ފަހަރެވެ. ރާއްޖެ އަށް ލިބުނު އިތުރު އެވޯޑުތަކުގެ ތެރޭގައި ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެއެވެ. […]

އަޙްމަދު ވަހީދު
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޔޫތު އެވޯޑް އުލިގަމު އަރުޝަދަށް

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޔޫތު އެވޯޑް އުލިގަމު އަރުޝަދަށް

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހއ. އުލިގަމު، ފަހިވާ އަރުޝަދު އަޙްމާދުއަށް ލިބިއްޖެއެވެ. މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން، އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން) ވިޔަފާރީގެ ގޮތުން ސޮފްޓްވެއާ ޑިވެލޮޕް ކުރުމުގެ ދާއިރާއަށް އަރުޝަދު ވަދެފައި ވަނީ 2013 ވަނަ އަހަރު އޭ […]

ޙުސައިން ޝަހުދީ
އެމެރިކާ ހިމެނޭހެން 10 ގައުމެއްގެ އެމްބެސެޑަރުން ތުރުކީއިން ފޮނުވާލުމަށް އުރްދުގާންގެ އަމުރެއް

އެމެރިކާ ހިމެނޭހެން 10 ގައުމެއްގެ އެމްބެސެޑަރުން ތުރުކީއިން ފޮނުވާލުމަށް އުރްދުގާންގެ އަމުރެއް

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން 10 ގައުމެއްގެ އެމްބެސެޑަރުން ފޮނުވާލުމަށް ތުރުކީގެ ރައީސް ތައްޔިބު އުރްދުގާން އެ ގައުމުގެ ފޮރިން މިނިސްޓަރަށް އަމުރު ކުރައްވައިފި އެވެ. “ޕާސަން ނަން ގްރޭޓާ”ގެ ދަށުން 10 އެމްބެސެޑަރުން އެ ގައުމުން ފޮނުވާލުމަށް އަމުރުކޮށްފައިވަނީ، އެގައުމުގެ ޖަލުގައި ހުރި ތުރުކީގެ މަޝްހޫރު ވިޔަފާރިވެރިޔާ ފިލަންތްރޮޕިސްޓް އަދި ސިވިލް އެކްޓިވިސްޓުންގެ ލީޑަރު އޮސްމާން ކަވަލާ ދޫކޮށްލުމަށް އެދި އެމްބެސެޑަރުން އުރްދުގާން އަށް ގޮވާލާފައި ވަނިކޮންނެވެ. އޮސްމާން ކަވަލާ ޖަލަށްލާފައިވަނީ 2013...

އަޒްފާ ރަޝީދު
ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ދެރައީސުން ވަނީ “ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ” މަޝްވަރާގެ އިތުރުން ބައެއް އެހެން ކަންކަމާވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. “ރައްޔިތުންގެ މަޖިލީހުގެ ރައީސް...

އަލީ އާދިލް
ބްރައިޓަން ބަލިކޮށް ސިޓީ ދެވަނައަށް

ބްރައިޓަން ބަލިކޮށް ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބާނާޑޯ ސިލްވަ ތަނަވަސް ކޮށްދިން […]

އިބްރާހިމް ޚަލީލް
ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް

ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް

ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދަށް ލިބިއްޖެއެވެ. މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އާޓްސް، ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން، އިއްޒަތު އަހުމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ) އަދަބީ ހުނަރުވެރިކަމުގެ ތެރެއިން އިއްޒަ އެންމެ ފާހަގަވަނީ ޅެން...

ޙުސައިން ޝަހުދީ
މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް

މިއަހަރުގެ ޔޫތު އެވޯޑު ކުޅުދުއްފުށީ 3 ދަރިއަކަށް

މިއަހަރުގެ ޔޫތު އެވޯޑް ލިބުނު 10 ޒުވާނުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 3 ޒުވާނެއް ހިމެނިއްޖެއެވެ. މިގޮތުން މި އަހަރުގެ ޔޫތު އެވޯޑު އެންމެ ގިނައިން ލިބުނު ޒުވާނުން ނިސްބަތްވާ ރަށަކަށް ވެފައި ވަނީ ހދ. ކުޅުދުއްފުއްޓެވެ. މި އެވޯޑްތައް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑްތައް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ގޮތުން މިއަހަރުގެ ޔޫތު އެވޯޑް […]

ޙުސައިން ޝަހުދީ
ލީޑަރުން ދެއްކި ވާހަކަތައް ދިމަލެއްނުވޭ، ލޮލުފިޔަ ނުޖަހާ އަދިވެސް ޖެހިފައިވަނީ ހައްގުތައް ހޯދަން މަސައްކަތްކުރަން: ލަތީފް

ލީޑަރުން ދެއްކި ވާހަކަތައް ދިމަލެއްނުވޭ، ލޮލުފިޔަ ނުޖަހާ އަދިވެސް ޖެހިފައިވަނީ ހައްގުތައް ހޯދަން މަސައްކަތްކުރަން: ލަތީފް

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދެއްކި ވާހަކަތައް މިއަދާ ހަމައަށް ވެސް ދިމާވެފައި ނުވާ ކަމަށާއި، ލޮލުފިޔަ ނުޖަހާ ރައްޔިތުން އަދިވެސް ޖެހިފައި ވަނީ ހައްގުތައް ހޯދަން މަސައްކަތްކުރަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ދިވެހި ޗެނަލުން ގެނެސްދިން “ހައްޓި” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދައްކަމުންއައި ވާހަކައަކީ އޭރުގެ ހާލަތަށްވުރެ ރަނގަޅު ހާލަތަށް...

އަލީ އާދިލް