މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ ސަރުކާރުގެ ކުންފުންޏެވެ. އަދި އެކުންފުނިން ދަނީ މި ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތައް ވެސް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

މިގޮތުން އެއާޕޯޓްތައް ހެދުމާއި، ބިން ހިއްކުމާއި، ބަނދަރުތައް ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގު ހެދުމާއި އަދި ފެސިލިޓީތައް އިމާރާތް ކުރުންފަދަ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.