ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ތަމްސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ.

މިގޮތުން މި މުބާރާތުގައި ހދ. އަތޮޅު ތަމްސީލް ކުރުމަށް ބައިވެރިން ހޮވުމަށް ކުރިއަށް ގެންދެވުނު އަތޮޅު ޤުރުއާން އޮޑިޝަންގައި ހދ. އަތޮޅުގެ 10 ރަށަކުންނާއި، ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް މިއަހަރު 6 އުމުރުފުރާއަކުން ޖުމްލަ 131 ބައިވެރިން ވާދަކޮށްފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

Ad
rt

އެ ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު އޮންލައިން ކޮށް ކުރިއަށް ގެންދެވުނު މި ފަހަރުގެ އޮޑިޝަންގައި ނުބަލާ ކިޔެވުމުގެ ބައިގައި 41 ބައިވެރިން، އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 90 ބައިވެރިއަކު ބައިވެރިވެފައިވެއެވެ.

އެއީ ހަނިމާދޫ އިން 10 ބައިވެރިންނާއި، ނައިވާދޫން 7 ބައިވެރިންނާއި، ހިރިމަރަދޫން 7 ބައިވެރިންނާއި، ނޮޅިވަރަންފަރުން 12 ބައިވެރިންނާއި، ނެއްލައިދޫން 12 ބައިވެރިން ނެވެ.

މީގެއިތުރުން ނޮޅިވަރަމުން 12 ބައިވެރިން، ކުރިނބީން 7 ބައިވެރިން، ނޭކުރެންދޫން 9 ބައިވެރިން، ވައިކަރަދޫން 12 ބައިވެރިން، މަކުނުދޫން 10 ބައިވެރިން އަދި ކުޅުދުއްފުށީ ސިޓީއިން 33 ބައިވެރިއަކު ބައިވެރިވެފައި ވެއެވެ.

ނުބަލާ ކިޔެވުމުގެ ބަޔާއި އަދި ބަލައިގެން ކިޔެވުމުގެ ބައި ވަކިން ވާދަ ކުރެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި އޮޑިޝަންގައި ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 30 ބައިވެރިއަކު ހޮވާފައި ވެއެވެ.

ނުބަލާ ކިޔެވުމުގެ ބައިގައި ވާދަކުރުމަށް ހޮވިފައިވާ ބައިވެރިން

  • ނަވާރު ބިންތު އަޙްމަދު ސާނީޒް (ނެއްލައިދޫ)
  • މުޙައްމަދު އާއިޒް (ނެއްލައިދޫ)
  • ޢަޒާ ޢަބްދުﷲ ޝަރީފް (ނޮޅިވަރަން)
  • މިންޙާ މުޙައްމަދު (ނޮޅިވަރަން)
  • ރީޝާ އަޙްމަދު އަނީލް (ނޮޅިވަރަން)
  • ރައުޙާ ޙުސައިން (ނޮޅިވަރަން)
  • މުޙައްމަދު ލަސަން ފަޟީލް (ކުޅުދުއްފުށި ސިޓީ)
  • އަޙްމަދު އަޠޫފް މުޙައްމަދު (ކުޅުދުއްފުށި ސިޓީ)
  • ފައިޙާ ޢަބްދުﷲ ޢަޤީލް (ވައިކަރަދޫ)
  • އަމީން ފަޟީލް (މަކުނުދޫ)

ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރުމަށް ހޮވިފައިވާ ބައިވެރިން

  • ތުޤާ ބިންތި ފައިސަލް (ނޮޅިވަރަންފަރު)
  • އާމިނަތު ޢާލިޔާ ޢަބްދުއްރަޝީދު (ނޮޅިވަރަންފަރު)
  • ޢަބްދުﷲ ފަޝީހް (ނޮޅިވަރަންފަރު)
  • މާޔާ މުޙައްމަދު (ނޮޅިވަރަން)
  • ޢާއިޝަތު ޔަނާ (ނޮޅިވަރަން)
  • މިޒްޙާ މުޙައްމަދު (ނޮޅިވަރަން)
  • ޝައްމާ މުޙައްމަދު (ނޮޅިވަރަން)
  • ފާޠިމަތު ނަބާތު (ނޮޅިވަރަން)
  • ސާރާ މުޙައްމަދު (ވައިކަރަދޫ)
  • މަލާކް ރަޝީދު (ވައިކަރަދޫ)
  • ރާޔާ އަންވަރު (މަކުނުދޫ)
  • ޝުރުފާ އިބްރާހީމް ޝަރީފް (މަކުނުދޫ)
  • ނަހާ މުޙައްމަދު ނަޞީރު (މަކުނުދޫ)
  • ރަނާ އިބްރާހީމް (ކުޅުދުއްފުށި ސިޓީ)
  • މަރްޔަމް ޙަސަން (ކުޅުދުއްފުށި ސިޓީ)
  • ރިހާމް މުޙައްމަދު ފައިޞަލް (ކުޅުދުއްފުށި ސިޓީ)
  • މުޙައްމަދު ލަހްފާން ލުޠުފީ (ކުޅުދުއްފުށި ސިޓީ)
  • ފާޠިމަތު ނިހާލް މުޙައްމަދު (ވައިކަރަދޫ)
  • އާމިނަތު ލީނާ (ނެއްލައިދޫ)
  • ޢިޝާ އަޙްމަދު އަޝްރަފް (ނެއްލައިދޫ)

މިއޮޑިޝަންގައި ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ މުޙައްމަދު ޢާމިރު އަދި އަލްޤާރިޔާ ޢާއިޝަތު ޖައުޝަން ޢިމާދެވެ.

ހދ. އަތޮޅު އޮޑިޝަން ކުރިއަށް ގެންދިޔުމުގެ ކުރިން ރަށްތަކުން ވެސް ވަނީ އެ އޮޑިޝަންއަށް ފޮނުވާނެ ބައިވެރިން ހޮވުމަށް ރަށުފެންވަރުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައެވެ.