މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1514 ވަނަ ޞަފްޙާ

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފ...

ޖަލްވާން ޖާދުﷲ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021”  11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ […]

އިބްރާހިމް ޚަލީލް
މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުވުމާއި، ގެއްލުން ކުޑަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުވުމާއި، ގެއްލުން ކުޑަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ އެވެ. ޖީ.ސީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕެޓްރިކް ވާރކޫއިޖެން އ...

އަލީ އާދިލް
އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި

އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި

ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ. މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތ...

ތިލަދުން
ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!

ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!

ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމެއް ނުވަތަ ތަމްރީނެއް ޙާސިލްނުކުރާ އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށް 40،157 ޒުވާނުން އެބަތިބި ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ކަންބޮޑުވާވަރުގެ މައްސަލަ އެކެވެ. ސްޓެޓިސްޓިކްސް ބިއުރޯ އިން “ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019” ނަމުގައި ކުރިއަށް ގެންދެވުނު ސާރވޭ އިން އަންދާޒާކުރެވުނުގޮތުގައި، ރާއްޖޭގެ އިދާރީ ރަށްރަށުގެ ޢާންމު ގޭބިސީތަކުގައި...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް އަންގައިފި

ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް އަންގައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބޮނބިފާ އޮޅުފަދަ ތަންތަން ނެގުމަަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އަންގައިފި އެވެ. އެކައުންސިލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރަން...

އިބްރާހިމް އަސްވާޤް
ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް

ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް

ށ.ފޭދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5000 (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރ...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

ޝިއުނާ އާދަމް
މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ ހަމަޖައްސައިފި

މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ ހަމަޖައްސައިފި

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ. މުޖްތަބާއަކީ ކުރީސަރުކާރުގެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯގެ މަޤާމް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ ފަހުކޮޅު މުޖަތަބާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް އިއުލާނު ކުރުމުން ޖުމްލަ 511 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން މާލޭ ސިޓީ ކަ...

ޔުމްނާ ޢަލީ
ޓްރީޓޮޕްގެ ނަރުހަކު ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން ރިޕޯޓު ނުކުރުމުން، އެތަނުގެ 3 މުވައްޒަފަކަށް ދައުވާކޮށްފި

ޓްރީޓޮޕްގެ ނަރުހަކު ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން ރިޕޯޓު ނުކުރުމުން، އެތަނުގެ 3 މުވައްޒަފަކަށް ދައުވާކޮށްފި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ ބިދޭސީ ނަރުހެއް، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގިތިބެ ފުލުހުންނަށް ރިޕޯޓު ނުކުރުމުން، އެ ހޮސްޕިޓަލްގެ 3 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރި...

އަލީ އާދިލް
ކޯވިޑް ވެކްސިންއާއި ދެކޮޅަށް ވާހަކަތައް ފަތުރާ މީހުންނަނީ ކުށްވެރިން: ފައިޒާގެ ސީއީއޯ

ކޯވިޑް ވެކްސިންއާއި ދެކޮޅަށް ވާހަކަތައް ފަތުރާ މީހުންނަނީ ކުށްވެރިން: ފައިޒާގެ ސީއީއޯ

ކޯވިޑް-19 އިން ދިފާއުވުމަށް ދެވޭ ވެކްސިތަކާއި ދެކޮޅަށް ވާހަކަތައް ފަތުރާ މީހުންނަކީ ކުށްވެރިންކަމަށް ފައިޒާ ކުންފުނީގެ ސީއީއޯ އެލްބާޓް ބޯރްލާ ވިދާޅުވެއްޖެއެވެ. ފައިޒާ ކުންފުނީގެ ސިއީއޯ އެލްބާޓް ބޯރްލާ ވިދާޅުވެފައިވާ ގޮތުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދެމުން އަންނަ ކޯވިޑް ވެކްސިންއާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތުތައް ފަތުރާ މީހުންގެ ސަބަބުން ވެކްސިން ޖެހުމަށް ބޭނުންވާ މީހުންވެސް ވެކްސިން އާއި މެދު ސުވާލު އުފެެދުމުގެ ފުރުސަތުތައް ބޮޑުވެއެވެ. އެކަމުގެ ސަބަބުން ގެއްލޭ އެތައް މިލިއަނ...

އަޒްފާ ރަޝީދު
މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...

އިބްރާހިމް ޚަލީލް
އެސްޓީއޯއިން، ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އާއި އެއަރ ޕިއުރިފަޔަރ ތައާރަފްކޮށްފި

އެސްޓީއޯއިން، ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އާއި އެއަރ ޕިއުރިފަޔަރ ތައާރަފްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، އެސްޓީއޯއިން، ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އާއި އެއަރ ޕިއުރިފަޔަރ ތައާރަފްކޮށްފި އެވެ. އެސްޓީއޯ އިން އެތެރެކުރާ “ކޯނޭ” ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންސްތައް އެލެވޭޓަރ މާރކެޓަށް ތައާރަފްކުރަމުންދާ ދުނިޔޭގައި އެންމެ ނަންހިނގާ ބްރޭންޑެކެވެ. މިގޮތުން “ކޯނޭ”އިން އެންމެ ފަހުން ތައާރަފްކޮށްފައިވާ މޮޑެލްގެ ސީ.އޯ.ޕީ ( ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ބަޓަންއެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި...

އިބްރާހިމް އަސްވާޤް
ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. ދެދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކުގައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ. މީގެ އިތުރުން ރައީސް، ވަނީ...

އަލީ އާދިލް
މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތަ މިމަހު

މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތަ މިމަހު

މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތަ މިމަހު ހިފާނެ އެވެ. މި މަހުގެ 19 ވަނަ ދުވަހު ހިފާ ހަނދުކޭތަ ހިފާފައި ހުންނާއި 3 ގަޑި އިރާއި 28 މިނިޓް 23 ސިކުންތުވަންދެކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ. މިހަނދު ކޭތަ ރާއްޖެ އަކަށް ނުފެންނާނެ އެވެ. މިހަނދުކޭތަ ހިފަން ފަށާނީ 19 ވަނަ ދުވަހުގެ ހެނދު ރާއްޖެ ގަޑިން 11:02 ގައެވެ. މި ގަރުނުގައި ހިފާ އެންމެ ދިގު ހަނދުކޭތައިގައި ހުންނާނެ ޚާއްސަކަމަކީ، ހަނދުކޭތަ ހިފާފައި ހުންނަ […]

އަޒްފާ ރަޝީދު
ފިރިހެނަކު ބްލެކްމެއިލްކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ފިރިހެނަކު ބްލެކްމެއިލްކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިވެހި ފިރިހެނަކު ބަރަހަނާކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ މާލޭގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް އެ އިދާރާއަށް ރޭގެ މެންދަމު 03:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކ...

އިބްރާހިމް ޚަލީލް
ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު

ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު

ހއ. ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕަރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އިބްރޭ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޮތީ މާލެކައިރިއަށް ޖަމާވެ، ފުނި ޖެހިފައި ކަމަށެވެ. މި ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ބަހާލެވި، އިޤްތިޞާދީ މަސައްކަތްތ...

ތިލަދުން
ވިޔަފާރި ތަރައްގީ ކުރަން އެމްޕީއެލް އާއި މެލޭޝިއާގެ ނޯތު ޕޯޓާ އެކު އެއްބަސްވެއްޖެ

ވިޔަފާރި ތަރައްގީ ކުރަން އެމްޕީއެލް އާއި މެލޭޝިއާގެ ނޯތު ޕޯޓާ އެކު އެއްބަސްވެއްޖެ

ވިޔަފާރި ތަރައްގީ ކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މެލޭޝިޔާގެ ނޯތު ޕޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި ނޯތު ޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޕޯޓުގެ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދު ޔުސޯފްއެވެ. އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ނޯތުޕޯޓުން، ޕޯޓް މެނޭޖްމަންޓާއި ކޮންޓެއިނާ ހޭންޑްލިން އާއި [...

އަޙްމަދު ވަހީދު