ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
ހދ. ކުރިނބި ކައުންސިލްއާއި ކުރިނބި “ޔޫތް މޫވްމަންޓް” ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެރަށުގެ ދަނޑުވެރިން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ. ނޮވެމްބަރ މަހުގެ 4 އިން 6 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔާވާދެެއްވާފައިވަނީ ޕްރައިމް ފަރޓިލައިޒަރގެ ޓްރެއިނަރ މުޙައްމަދު ޒާހިރެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ޔޫތް މޫވްމަންޓް...