ކުޅުދުއްފުށި ހޮސްޕިޓަލުގެ އާ އޯޕީޑީގެ މަސައްކަތް އެމްޓީސީސީއަށް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ މަަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލުއެވެ. މި އެއްބަސްވުމުގެ ދަށުން 21 ކޮންސަލްޓޭޝަން ރޫމާއި އާ ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އަދި ވެއިޓިން...