އެސްޓީއޯއިން ވިއްކާ “ކޯނޭ” ބްރޭންޑުގެ ލިފްޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ލިފްޓު ގަތުމުން ހިލޭ އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ލިބޭނެއެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިޕްރޮމޯޝަން ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފަށާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" ގައެވެ. މި އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތްކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމަސައްކަތް ހިލޭ ކޮށްދޭނެއެވެ.
މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތަށް، ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމުވެސް އެ ސްޓޯލުގައި ހަމަޖެހިފައި ހުންނާނެއެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިނަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިއެވެ.
ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފައެވެ. އެސްޓީއޯއިން ވަނީ ދާދި ފަހުން ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަންވެސް ރާއްޖެއަށް ތައާރަފް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!