މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1494 ވަނަ ޞަފްޙާ

އެމްޓީސީސީގެ އެހީއާއެކު ކުޅުދުއްފުށީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފި

އެމްޓީސީސީގެ އެހީއާއެކު ކުޅުދުއްފުށީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީގެ އެހީއާއެކު ކުރިއަށްގެންދިޔައީ ކުޅުދިއްފުށި ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގެ ދަށުން ދެކުނު ހިލަތޮށި ރާވައި ތަރުތީބު ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ރީތިވުމުގެ އިތުރުން، ކުދި އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލިން ބުންޏެވެ. ކުޅުދުއްފުށ...

އަޙްމަދު ވަހީދު
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެ ސިޓީއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ބުނެފައިވަނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށާއި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމު...

އިބްރާހިމް އަސްވާޤް
ޕީއެސްޖީ މޮޅުވިއިރު ސިޓީ ބަލިވެއްޖެ، އެއްވަނަ ސިޓީއަށް

ޕީއެސްޖީ މޮޅުވިއިރު ސިޓީ ބަލިވެއްޖެ، އެއްވަނަ ސިޓީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް އޭގެ ފަހު މެޗުތަކުގައި ޕީއެސްޖީއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕީއެސްޖީން ކާމިޔާބުކުރިއިރު، މި ގްރޫޕްގައި މެންޗެސްޓާ ސިޓީއާއި އާރުބީ ލެއިޕްޒީގް ބައްދަލުކުރި މެޗު ލެއިޕްޒީގުން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ މި ގްރޫޕްގެ ފަހު މެޗުތައް ކުޅެފައިވާއިރު، ފަހު މެޗުތަކަށް ނުކުތްއިރު ވެސް މި ގްރޫޕުން ސިޓީއާއި ޕީއެސްޖީ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި […]

އިބްރާހިމް ޚަލީލް
ވެމްކޯއިން 29 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަމްރީން ދެނީ

ވެމްކޯއިން 29 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަމްރީން ދެނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން 29 ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ތަމްރީން ދޭން ޔޫތު މިނިސްޓްރީއާއެކު އެއްބަސަވެއްޖެއެވެ. މިއަދު ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގަައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. މިއީ ދިވެހި ޒުވާނުން އެކި ދާއިރާތަކުން ތަމްރީން ކުރުމަށަ ޔޫތު މިނިސްޓްރީން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕްގެ ދަށުން ވެވުނު އެއްބަސ...

އަޙްމަދު ވަހީދު
އަތޮޅު ތެރޭގައި ވެސް ސްކޫލް ކުދިންނާއި އިސްރަށްވެހިންނަށް ބަހުގެ ހިދުމަތް ހިލޭ

އަތޮޅު ތެރޭގައި ވެސް ސްކޫލް ކުދިންނާއި އިސްރަށްވެހިންނަށް ބަހުގެ ހިދުމަތް ހިލޭ

ގްރޭޓާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބަހުގެ ހިދުމަތް ހިލޭ ދޭން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑަ ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެ ކުންފުނިން ފޯރު ކޮށްދޭ އާންމު ފެރީގެ ހިދުމަތް މިހާރު ވެސް ސްކޫލް ކުދިންނަށާއި، އިސްރަށްވެހިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެއެވެ. އަދި މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ވެސް މިހާރުވެސް […]

އަޙްމަދު ވަހީދު
ލިވަޕޫލުން ރެކޯޑް މޮޅެއް ހޯދިއިރު އެތުލެޓިކޯ ވެސް އަނެއްބުރަށް

ލިވަޕޫލުން ރެކޯޑް މޮޅެއް ހޯދިއިރު އެތުލެޓިކޯ ވެސް އަނެއްބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް ބީގެ ފަހު މެޗުތަކުގައި ލިވަޕޫލާއި އޭސީމިލާން ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވެ ގްރޫޕް ސްޓޭޖްގެ ހަ މެޗުން މޮޅުވި ހަމައެކަނި އިނގިރޭސި ޓީމުގެ ރެކޯޑް ލިވަޕޫލުން ޤާއިމް ކޮށްފިއެވެ. މި ގްރޫޕްގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އަނެއް ބުރަށް ދަތުރު ކޮށްފައި ވަނީ އެތުލެޓިކޯ މެޑްރިޑެވެ. އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ އަނެއް ބުރުން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް "ޑިނަރ ނައިޓެއް" ބާއްވަން ކައުންސިލުން ނިންމައިފި

ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް "ޑިނަރ ނައިޓެއް" ބާއްވަން ކައުންސިލުން ނިންމައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް “ޑިނަރ ނައިޓެއް” ބާއްވަން އެސިޓީގެ ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިގޮތައް ނިންމާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުގެ ގޮތުން، އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 30 ވަނަ ޢާންމު ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. މި ޑިނާ ނައިޓް ބޭއްވުމަށް ނިންމާފައިވަނީ މިއަަހަރުގެ މަސްވެރިންގެ ދުވަހު އެވެ. މި ޑިނަރ ނައިޓްގައި މަސްވެރިންނަށް އުފާވެރި ހަބަރެއް ހިއްސާކުރެވިގެން ދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހދ. އަތޮޅުގެ ރަށްރަށުގައި މަސްވެރ...

އިބްރާހިމް އަސްވާޤް
ފީވަކު ޒުވާނުންގެ ގުޅުމުން ބާއްވާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021" މިމަހު 31 ގައި ފަށަނީ

ފީވަކު ޒުވާނުންގެ ގުޅުމުން ބާއްވާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021" މިމަހު 31 ގައި ފަށަނީ

ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބާއްވާ “ބަލްމާ ފުޓްސަލް ޗެލެންޖް 2021” މި ޑިސެމްބަރު މަހުގެ 31 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. ފީވަކު ޒުވާނުންގެ ގުޅުމުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެރަށުގެ ޓީމްތަކަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފޯމު ޒުވާނުންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 15 ވަނަ […]

ޔުމްނާ ޢަލީ
އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި

އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް އެސިޓީގެ ކައުންސިލުން ކުރިއަށް ގެންގޮއްސިއެވެ. އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެސިޓީގައި އަންނަ އަހަރު ކުޅިވަރުތައް ރާވާ އިންތިޒާމް ކުރަން ބޭނުންވާ ކްލަބް ޖަމްއިއްޔާ ތަކުގެ ހިޔާލު ވަނީ ހޯދާފައެވެ. އެގޮތުން މިއަންނަ އަހަރަށް ރޭވިފައިވާ ކުޅިވަރުތަކުގެ މައުލޫމާތާއި ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލުންނާއި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން އެ ކުޅިވަރުތައް ތާވަލ...

އައިޝަތު ނަސާޔާ
ނޫމަރާ ފަރަށް ބާޖެއް އުރުމުގެ ހާދިސާ: ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ނޫމަރާ ފަރަށް ބާޖެއް އުރުމުގެ ހާދިސާ: ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ފަރަށް އުރުނުގެ ހާދިސާގައި، އެ ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް “މެރިން ޕަވަރ 2317” ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ...

ޔުމްނާ ޢަލީ
ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...

އައިޝަތު ނަސާޔާ
އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ...

އައިޝަތު ނަސާޔާ
އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

ހއ. އިހަވަންދޫގައި ފާހަގަ ކޮށްލެވޭފަދަ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިހަވަންދޫ މަސްވެރިންގެ ގުޅުން “އިމަގު” އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުން މި އަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުނަ ބާއްވާ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް
ވެމްކޯއިން ކުޅުދިއްފުށީ ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި

ވެމްކޯއިން ކުޅުދިއްފުށީ ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އިން ކުޅުދުއްފުށި ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި އެވެ. މި ޑަސްބިންތައް ހަދިޔާ ކޮށްފަައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މިއީ ވެމްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ޑަސްބިންތަކެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ. ވެމްކޯގެ ފަރާތުން މިޑަސްބިންތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު އެވެ. ޑަސްބިން ތަކާއި ހަވާލުވެދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް އެވެ. ވެމްކޯއިން ބުނީ މި ޑަސްބިންތައް ބޭނ...

އަޙްމަދު ވަހީދު
ބުރޫ ނާރާނެކަމަށް ބުނިތާ ދެދުވަސް ނުވަނީސް، ބީއެމްއެލް އެކައުންޓް ބެލެންސް އަނެއްކާވެސް ސުމަކަށް!

ބުރޫ ނާރާނެކަމަށް ބުނިތާ ދެދުވަސް ނުވަނީސް، ބީއެމްއެލް އެކައުންޓް ބެލެންސް އަނެއްކާވެސް ސުމަކަށް!

މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދުނުތާ ދެދުވަސް ނުވެ އަނެއްކާވެސް އެކައުންޓް ބެލެންސްތައް ސުމަކަށް ގޮސްފި އެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް […]

އަލީ އާދިލް
ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި

ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެ...

އައިޝަތު ނަސާޔާ
ރަފީގު: ރޭގަނޑުގެ އެކުވެރި ބައިވެރިޔާ

ރަފީގު: ރޭގަނޑުގެ އެކުވެރި ބައިވެރިޔާ

ރޭގަނޑުގެ ހަމަ ހިމޭންވަގުތުގެ، ހިމޭންކަން ފޫއަޅުވާލާ އިވޭ އަޑުތަކުގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ބައެއް މީހުންނަށް އަޑުއަހާލަން ހިތްގައިމު އަޑުތަކެއްކަމުގައި މި އަޑުވެއެވެ. އަނެއްބަޔަކަށް، ރޭގަނޑުގެ ހަމަހިމޭން ވަގުތުގެ ފުރިހަމަކަން ނަގާލާ އަޑުގެ ގޮތުގައިވެސް މި އަޑުތައް ސިފަކުރެއެވެ. މި އަޑުތަކުގެ ތެރެއިން، އަޑު އަންނަ ދިމާއަށް އިޖާބަ ދީ އެތައްބަޔަކު އެއީ ކޮން އަޑެއްތޯ ބެލުމުގެ ޝައުގުވެރިކަން ހުރެއެވެ. އެއަޑަށް ސަމާލުކަންދީ، އަޑު އަންނަ ދިމާ ބަލަންފެށުމުން އަޑު ކެނޑެއެވެ. މަދު ބަޔަކަށް މި އ...

އަލީ އާދިލް
ބައިނަލްއަގުވާމީ ދަތުރު ކުރުމުގެ ހުއްދަ ދިވެހި ތިން އެއާލައިނަށްވެސް ދީފި

ބައިނަލްއަގުވާމީ ދަތުރު ކުރުމުގެ ހުއްދަ ދިވެހި ތިން އެއާލައިނަށްވެސް ދީފި

ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ މިހާތަނަށް ރާއްޖޭގެ ތިން އެއާލައިނަށްވެސް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައެވެ. އޭނާ ވިދާޅުވޫ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. މި މަގުސަދު ހާސިލް ކުރުމަށް އެއާލައިންތަކުގެ ހަ...

އަޙްމަދު ވަހީދު