މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދުނުތާ ދެދުވަސް ނުވެ އަނެއްކާވެސް އެކައުންޓް ބެލެންސްތައް ސުމަކަށް ގޮސްފި އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދު ބީއެމްއެލް އެޕް ބޭނުންކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން ރައްޔިތުން ޝަކުވާކުރަން ފެށުމާއި އެކު ބީއެމްއެލްއިން ވަނީ ބައިގަޑިއިރެއްހާއިރު ފަހުން ޓުވިޓެއް ކޮށްފަ އެވެ. މިޓުވީޓުގައި ބުނެފައިވަނީ އިންޓަރނެޓް ބޭންކިން ބޭނުން ކުރުމުގައި މައްސަލަ ތަކެއް އުޅޭކަމަށެވެ. މިއީ ޓެކްނިކަލް އިޝޫއެއް ކަމަށްވެސް އަހަރެންގެ ބޭންކުން ބުނެފައިވެއެވެ. އެބޭންކުން އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަސްޓަމަރުންނަށް މަޢުލޫމާތު ދެމުން ދާނެކަމަށް އެފަރާތުން ބުނެއެވެ.

އަޕްޑޭޓުގައި ދިމާވި މައްސަލައިގެ ސަބަބުން ހިދުމަތް މެދު ނުކެނޑޭނެ ކަމަށާއި ދެން ހިދުމަތް މެނދުކެނޑޭނީ މެއިންޓެނެންސް މަސައްކަތް ކުރާއިރު ކަމަށް ދިވެހިންގެ ބޭންކް، ބީއެމްއެލް އިން ބުނެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އޭގެ ފަހުން ހުރިހާ ކަސްޓަމަރުންނަށް ވަނީ މާފަށް އެދި އެފަދަ ކަމެއް ދެން ތަކުރާނު ނުވާނެކަމަށް ވިދާޅުވެ ސިޓީއެއްވެސް ފޮނުވާފަ އެވެ.

އެނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ އަޕްޑޭޓު ކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަކުރާރުވިޔަ ނުދޭން ރިވިއު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ ދެން ހިދުމަތްތައް މެދުކެނޑުނަސް ކެނޑޭނީ މެއިންޓެނެންސް މަސައްކަތް ކުރާ ވަގުތު ކަމަށެވެ. އެކަން ކަސްޓަމަރުންނަށް ކުރިން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިރޭ 8 ޖެހިންސުރެއް ދިވެހިންގެ ބޭންކު ބޭނުންކުރާ ދިވެހިން އަންނަނީ އެކައުންޓް ބެލެންސް 0 ގައި ހުރުމުން އެކަމުގެ ޝަކުވާ މީސްމީޑީއާގައި ކުރަމުންނެވެ.

މިދިޔަ ދެތިން ހަފްތާ ތެރޭ ބޭންކުގެ ހިދުމަތްތައް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. ބައެއް މީހުންގެ އެކައުންޓުތަކުން ފެއިލް ވެފަ ހުރި ޓްރާންސެކްޝަންގެ ފައިސާވެސް ވަނީ މަދުވެފައެވެ.

މިފަދަ މައްސަލައެއް ދިމާވެފައި ހުރިނަމަ ބޭންކަށް މެސެޖަކުން، އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން މެދުވެރިކޮށް އަންގައި ދިނުމަށް ޓިމް އެދެއެވެ. ބޭންކުގެ ހިދުމަތްތައް އޮޅުން ބޮޅުންވެ ހިދުމަތްތަކަށް ބުރޫއަރާ ތާ ގިނަ ދުވަސްތަކެއްވި އެވެ.

ބޭންކުގެ ހިދުމަތްތައް މެދުކެނޑުނީ ކޮންމެހެން ގެންނަ ޖެހޭ އަޕްގްރޭޑިންގެ މަސައްކަތެއް ނިންމާލިއިރު ދިމާވި މައްސަލައެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ބޭންކަށް ވަނީ އަމާޒުވެފައެވެ.