މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,429 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1482 ވަނަ ޞަފްޙާ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވައްވަން ނިންމައިފިއެވެ. މިއީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިގޮތުން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ކުރިއަށްގެންދާ “ވި...

އައިޝަތު ނަސާޔާ
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީ...

ޔުމްނާ ޢަލީ
މޯލްޑިވް ގޭސް އިން ކޭއާރުއެޗް އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފި

މޯލްޑިވް ގޭސް އިން ކޭއާރުއެޗް އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފި

މޯލްޑިވް ގޭސް އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން ކޭއާރުއެޗްއަށް ހަދިޔާ ކުރީ 10 އޮކްސިޖަން ރެގިއުލޭޓަރެވެ. މި އެހީއަށް ކޭއާރުއެޗުން ވަނީ މޯލްޑިވް ގޭސްއަށް ޝުކުރު އަދާ ކޮށްފައެވެ. އޮކްސިޖަން ރެގިއުލޭޓާއަކީ، އޮކްސިޖަން މަދުން ލިބޭ ވަގުތު ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުން ފަސޭހަވެ، ނޭވާލުން ސްޓޭބަލް ކޮށްދެއެވެ. ކޯވިޑް-19ޖެހޭ ބައެއް މީހުނ...

އަޙްމަދު ވަހީދު
ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ށ. ބިލެއްފަހި ސްކޫލްގައި 4 ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 23 ޑިސެމްބަރ 2021 އިން ފެށިގެން 10 ޖަނަވަރީ 2021 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ...

އިބްރާހިމް ޚަލީލް
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތާއި އެކުންފުނިން ހަވާލުވެފައި މިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 15,316,272.89 ރުފިޔާގެ ގެ މަޝްރޫޢުއެކެވެ. ފުނަދޫ ސްކޫލްއަކީ 1996 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ކިޔަވާދ...

އައިޝަތު ނަސާޔާ
ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަށްވާފައި ވަނީ ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ގޭގައި ކަމަށެވެ. އަދި ބަލީގެ އަލާމަތްތައް ފެންނަނީ ކުޑަކޮށް ކަމަށް ވެސް ވިދާޅުވިއެވެ. ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އިތުރުން ބޫސްޓާ ޑޯޒްވެސް އޭނާ ޖ...

ތިލަދުން
ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތު ކަނޑުތެރެއިން ކަމަށެވެ. މި އެކްސިޑެންޑްގައި ޑިންގީއާއި ލޯންޗް މުޑިއެރުމުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ ކ. ގުރައިދޫގައި ދުއްވާ ޑިންގީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް...

ޔުމްނާ ޢަލީ
ހދ. އަތޮޅުގައި ތިން އެއާޕޯޓެއް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން: ރާޢީ

ހދ. އަތޮޅުގައި ތިން އެއާޕޯޓެއް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން: ރާޢީ

ހދ. އަތޮޅުގައި ތިން އެއާޕޯޓް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވެފައި މިވަނީ ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކުރުމާއި ގުޅިގެންނެވެ. މިވަގުތު ހދ. އަތޮޅުގައި ދެ އެއާޕޯޓެއް އެބައޮތެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މ...

އިބްރާހިމް ޚަލީލް
ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްގެ ޒިޔާރަތެއް

ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްގެ ޒިޔާރަތެއް

ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ އިސްވެރިންނާއި، މުއައްޒަފުން އަދި ބަންދުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ. އެޗްއާރުސީއެމްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތަހުޤީޤަށް ބަންދުކުރެވޭ މީހު...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނެރެފައިވާ އިއުލާާނެއްގައި ބުނެފައިވަނީ މިއަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމު ކޮށްފައިވާ ކަމަށެވެ. މިގޮތުންމި މި ލިސްޓް ސ...

އައިޝަތު ނަސާޔާ
ކުމުންދޫ ސްކޫލްގައި 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް ހަވާލުކޮށްފި

ކުމުންދޫ ސްކޫލްގައި 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް ހަވާލުކޮށްފި

ހދ. ކުމުންދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް، އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބަޔަކާއި ހަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެމިނިސްޓްރިގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެކުންފުންޔާއި އެކު މިމަސައްކަތް ހަވާލުކުރިކަމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތާއި އެ ކުންފުނިން ހަވާލުވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގ...

އައިޝަތު ނަސާޔާ
ދަރިވަރުންނަށް ޗުއްޓީ މުހިއްމުވަނީ ކީއްވެ؟ ބެލެނިވެރިންނަށް އެނގެން ޖެހޭ ހަތަރު ސަބަބެއް! 

ދަރިވަރުންނަށް ޗުއްޓީ މުހިއްމުވަނީ ކީއްވެ؟ ބެލެނިވެރިންނަށް އެނގެން ޖެހޭ ހަތަރު ސަބަބެއް! 

ގިނަ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އުފެއްދުންތެރިކަމާއި، ކާމިޔާބީއާއި، މުސްތަގުބަލާ މެދު ރަނގަޅު ތަސައްވުރެއް ހޯދުމަށް، މީހާ ހަމަޖެހިލާ، ތާޒާވެލުމަށް ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް، މަސައްކަތްތަކާ ދުރުވެލާ ވިސްނުންތަކުން އެއްފަރާތްވެލުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްސަކޮށް ފޮތްތަކާއި، މަސައްކަތު ކަރުދާސްތަކާއި، ސުވާލުތަކުގެ ތެރޭގައި އެތައް ގަޑިއިރެއް ހޭދަކުރާ ދަރިވަރުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ‘މިގޮތަށް ކިޔެވުމާ ދުރުވެލާ ކިޔެވުމުގެ ވަގުތުތަކުން އެއްފަރާތްވެލު...

މުޙައްމަދު ޢިމްރާން
ކްލަބް ޕްރިމިއާ މެމްބަރުންނަށް އެމްފައިސާއިން ކޭޝްބެކް ޕްރޮމޯޝަނެއް

ކްލަބް ޕްރިމިއާ މެމްބަރުންނަށް އެމްފައިސާއިން ކޭޝްބެކް ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ މެމްބަރުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން އަނބުރާ ފައިސާ ލިވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން، އެ ދައްކާ ފައިސާގެ ފަސް އިންސައްތަ އަނބުރާ ލިބޭނެއެވެ. މިގޮތަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ. އެމްފައިސާ މެދުވެރިކޮށް އުރީދޫ ބިލު ދެއްކުމުގެ އިތުރުން ރެސްޓޯރެންޓުތަކާއި ފިހަރާތަކުގެ ބިލުގެ އިތުރުން ބައެއް ހިދުމަތްތަކުގެ ބިލުވެސް ދެއްކޭނެއެވެ. އުރީދޫގެ އެމްފައިސާއަކީ ޑިޖިޓަލް...

އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރަނީ ރާޝިދު

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރަނީ ރާޝިދު

ހުސްވެފައިވާ ކޮމަންޑޫ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާކުރަން ކުރިމަތިލާފައިވާ ކެންޑިޑޭޓް ޢިއުލާން ކޮށްފިއެވެ. އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާ މަޖިލީސް އިންތިހާބުގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. ޕްރައިމަރީއަަށް ކުރިމަތިލީ މުޙައްމަދު ރާޝިދު ، ޔުނިވާސް/ ށ.ފޯކައިދޫ ކަމަށް އެ ޕާޓީން ބުނެއެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަ...

އަލީ އާދިލް
ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހަދަން އެމްޓީސީސީއަށް

ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހަދަން އެމްޓީސީސީއަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ މިއަދު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްލަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. މި މަޝްރޫއުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1,200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކޮށް، 35 މީޓަރު...

އަޙްމަދު ވަހީދު
ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން...

ޔުމްނާ ޢަލީ
އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން ރުފިޔާ ދީފި

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން ރުފިޔާ ދީފި

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފިއެވެ. މިއަދު ހަވާލު ކުރި މި ފައިސާ އަކީ އަތޮޅު ފިހާރަތަކުން ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާއެވެ. އެއީ 2016 ވަނަ އަހަރު ދޭން ޖެހޭ 17.8 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު ދޭން ޖެހޭ 20.5 މިލިއަން ރުފިޔާއެވެ. މި ފައިސާ ދީފައިވަނީ 20 އަތޮޅަކަށެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބޭތީ ކައުންސިލްތަކުން […]

އަޙްމަދު ވަހީދު
"ޤައުމެއް ތަރައްގީވެ ކުރިއަށްދަނީ، ދަރިންނަށް ދެވޭ ތަޢުލީމާއެކު ދެވޭ ތަރުބިއްޔަތާއި، ތަމްރީނުތަކެއްގެ މައްޗަށް"

"ޤައުމެއް ތަރައްގީވެ ކުރިއަށްދަނީ، ދަރިންނަށް ދެވޭ ތަޢުލީމާއެކު ދެވޭ ތަރުބިއްޔަތާއި، ތަމްރީނުތަކެއްގެ މައްޗަށް"

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫންކަމަށާއި، އެކަން ހާސިލްވެގެން ދަނީ ދަރިންނަށްދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި “ޚިދުމަތުގެ ހަވީރު 2021” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ދެއްކެވި ވާހ...

ތިލަދުން