ހއ. ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ.
މިގޮތުން ބާރަށު ކައުންސިލުން ވިދާޅުވީ، އެރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލަށް ރަތްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށެވެ.
މިގޮތުން އެ ކައުންސިލުން އާންމު ކުރަށްވާފައިވާ، ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ހިޔާލުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެމްބަރު 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.
އީމެއިލް މެދުވެރިކޮށް ނުވަތަ Gov.mv މެދުވެރިކޮށް ނުވަތަ މިކަމަށް ޙާއްސަކުރެވިފައިވާ "ގޫގުލް ފޯރމް" މެދުވެރިކޮށް ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް ބާރަށު ކައުންސިލުން ވިދާޅުވެއެވެ.
ގޫގުލް ފޯރމް ލިންކް: https://forms.gle/K7TUYJ7saXmBrsNw9
256.7 ހެކްޓަރުގެ ބާރަށަކީ މިހާރު އާބާދީގައި 1980 އަށްވުރެ ގިނަ މީހުން ހިމެނޭ ބިން ބޮޑު ރަށެކެވެ.
ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލާފައިވާއިރު، މި ދުވަސް ވަރަކީ ތިލަދުންމަތީގެ އެހެން ބައެއް ރަށްރަށުން ވެސް ގޯތި ދޫކުރުމުގެ މަރުހަލާތައް ހިންގަމުންދާ ދުވަސްވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!