ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Ad
rt

އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ އިސް މޭސްތިރިއަކީ އެމަނިކުފާނެވެ.

އެމަނިކުފާނަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރު މަތީ އެތައް މަގާމުތަކެއް ފުރުއްވާފަައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރުކަން ވެސް ކުރެއްވި އުމަރު ޒާހިރު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައެވެ.

އެމަނިކުފާނު ވަނީ ދާދިފަހުން އަމިއްލަ ޚަރަދުފުޅުގައި ފުވައްމުލަކުގައި މިސްކިތެއް ވެސް ބިނާ ކުރައްވާފައެވެ.

ސިޔާސީ ގޮތުން އަވަހާރަވުމާއި ހަމައަށް އެމަނިކުފާނު މަސައްކަތް ކުރަށްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ އަރިހުގައެވެ.