ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ނައިފަރުގައި ސަރުކާއުން އިމާރާތްކުރި 100 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.
ނައިފަރު ކައުންސިލުން މިއަދު މި ލިސްޓް އާއްމު ކޮށްފައި ވާއިރު 800 އެއްހާ މީހުން ވަނީ މި ހައުސިންގ ޔުނިޓްތައް ހޯދުމަށް ފޯމު ހުށައަޅާފައެވެ.
އެގޮތުން އެ ލިސްޓްގައި އެ ހުރިހާ ބޭފުޅުންގެ ނަމާއި އެޑްރެހާއި އައިޑީކާޑްގެ މައުލޫމާތާއި އެފަރާތަކަށް ލިބިފައިވާ ޖުމްލަ ޕޮއިންޓްގެ އިތުރުން އެފަރާތްތަކާއި ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް މި ލިސްޓްގައި ވަނީ ހިމަނަފާއެވެ.
މީގެއިތުރުން މިލިސްޓަށް ޝަކުވާ ހުށައެޅުމަށް މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ޝަކުވާ ހުށައަޅާނީ ނައިފަރު ކައުންސިލްގެ "އެކި އެކި ޝަކުވާތަކާއި ގުޅިގެން މައްސަލަ ހުށައަޅާ ފޯމް" މެދުވެރިކޮށް ނައިފަރު ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އީމެއިލްގެ ޒަރީއާއިން complain@naifaru.gov.mv މި އެޑްރެހަށް މެއިލް ކުރެއްވުމަށް ވަނީ އެދިވަަޑައިގެންފައެވެ.
100 ހައުސިން ޔުނިޓް ލިބުނު މީހުންގެ ލިސްޓް
ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް އެޅުމުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީ އާއި ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!