އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކުރިއިރު، ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބްރާސްފަތި ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ރޯމާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މިލާނުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ މިލާނަށް ލީޑު ނަގައިދިނީ އޮލިވަ […]
އިބްރާހިމް ޚަލީލް
ފްރާންސްއިން ފެނިފައިވާ ކޯވިޑްގެ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ. B.1.640.2 ގެ ނަމުން ނަން ދެވިފައިވާ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށާއި، މި ވޭރިއަންޓް ވެކްސިންއަށްވެސް ނުގުޑާކަމަށް ފްރާންސްގެ ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި އިންފެކްޝަންސް އުފުދޭ މިންވަރުވެސް އިތުރުވެފައިވާކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މި އައު ވޭރިއަންޓް ދިރާސާ ކުރަމުން އަންނަ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ވޭރިއަންޓް...
އަޒްފާ ރަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި، އިބްރާހިމް ތޯހާއެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށްދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގަ...
އަޙްމަދު ވަހީދު
ށ. ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްްކަތް ނިންނާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ނިންމާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 2،940 މީޓަރުގެ ސަރަހައްދެއް ކޮނުމާއި ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 4،511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި 15،039 މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކުރުމާއި 750.40 މީޓަރުގެ ސަރަހައްދެއްގައި ކާބް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، 460.2...
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި މިސްކިތެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ޢަލުން ޢިއުލާންކޮށްފައި މިވަނީ ކުރިން މިކަމަށް ކުރި ޢިއުލާން ބާތިލު ކުރުމަށްފަހުއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމު...
ޔުމްނާ ޢަލީ
ހުރަވީ ދުވަސް ނިޞްބަތްވާ ޤައުމީ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އެވެ. އެއީ “ދޮންބަންޑާރައިން” ނެވެ. ހޮޅީން ނުވަތަ މަލަބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވިއިރު އެއީ “މުލީގޭ ދޮން ޙަސަން މަނިކުފާނު” އެވެ. ސުވާލަކީ އެމަނިކުފާނަށް “ހުރަވީ”ގެ ލަގަބު މަތިކޮށް އެމަނިކުފާނު އިސްވެ ހުންވައި ޤައުމަށް ހޯއްދަވައި ދެއްނި ނަޞްރާއި ފަތަޙައިގެ ޒިކުރާ ފާހަގަކުރާ ދުވަހަކަށް “ހުރަވީ ދުވަސް” ކިޔަނީ ކީއްވެގެންތޯއެވެ؟ ހުރަވީއާއި ދޮންބަންޑާރައިންނާ އޮތީ ކޮން ގުޅުމެއްތޯއެވެ؟ ދޮންބަންޑާރަ...
ޢަބްދުﷲ ސަޢީދު
ކްއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކެމްޕޭނެއް ފަށައިފިއެވެ. އެމްއެމްޕީއާރުސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކެމްޕެއިން ކުރިއަށް ދާނީ 06 ޖެނުވަރީ 2022 އިން 06 ފެބްރުއަރީ 2022 އަށެވެ. އެގޮތުން މި ކެމްޕެއިނަކީ ފްރާންސް އަދި ރާއްޖޭގެ އިޝްތިހާރުތައް ކުރުމަށް އެމްއެމްޕީއާރުސީއިން ފްރާންސް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި މިހަރަކާތުގެ ދަށުން ރާއްޖޭގެ މަ...
އައިޝަތު ނަސާޔާ
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ […]
ތިލަދުން
ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގ...
ޝިއުނާ އާދަމް
ހދ. ހަނިމާދޫގައި ޕިކްނިކް އޭރިއާއެއް ގާއިމް ކުރުމަށް އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ޕިކްނިކްއޭރިއާ ތަރައްގީ ކުރުމުގެ މިއެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކައުންސިލްގެ ސެކެރްޓްރީ ޖެނެރަލް މުހައްމަދު އާސިފެވެ. އަދި އަރުތަ އިންވެސްޓްމެންޓް ފަރާ...
އައިޝަތު ނަސާޔާ
ހދ. ވައިކަރަދޫގައި “މޫސުމީ ދަނޑުވެރިކަމަށް” ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޫސުމީ ދަނޑު ހެއްދުމަށްޓަކައި ރަށުން ބިންދެވެންއޮތް ސަރަހައްދު ތަކުން ބިން ދިނުން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މޫސުމީ ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން “މޫސީ ދަނޑަށް އެދޭ ފޯރމް” ފުރިހަމަކުރެއްވުމަށްފަހު އެއިދާރ...
އައިޝަތު ނަސާޔާ
އަތޮޅުތަކުގެ ގެތަކުގައި ސޯލާ ސިސްޓަމް ހަރުކޮށް, އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިކޮށްދޭ، ހޯމް ސޯލާ ޕްރޮގްރާމް ހިންގަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މިއީ 2023ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓުގެ...
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އުރީދޫ ކޮރަލް ކަޕް 2021” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މީޓިއޯސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 05 ޖަނަވަރީ 2022 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ރެޑިޝްއާއި ޓީމް މީޓިއޯސްއެވެ. ފައިނަލް މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ […]
އިބްރާހިމް ޚަލީލް
މާލެ ސިޓީ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާ ނައިޓްމާކެޓްތައް ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން ފޮނުވާފައިވާ ސިޓީއަކާއި ހަވަލާދީ މާލެ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭއިން މިގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން ދާތީ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ފެންނަމުންދާ ކޮވިޑް-19 ގެ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖެއިން މި...
އައިޝަތު ނަސާޔާ
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރަމުންދާ “މެކުނު” ނަމަކަށް ކިޔާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފްއިން ބުނީ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށް އަރާފައިވާކަމަށެވެ. މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލ...
އިބްރާހިމް އަސްވާޤް
ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 11 މީހަކު ދޫކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު ވިދާޅުވީ، އެ އެންމެން ވެސް ދޫކޮށްލައިފިއެވެ. ރޭ ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ. Inshaa Allah maadhamaa ves India military out govan maguthakah […]
ޔުމްނާ ޢަލީ
އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މެޗުގެ ޗެލްސީން ފުރަތަމަ ލީޑު ނަގާފައި ވަނީ މާކޯ […]
އިބްރާހިމް ޚަލީލް
ހއ. ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.5...
އަޙްމަދު ވަހީދު