ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

އެ ދޯންޏަކީ "ފެމެލީ" ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެއެވެ.

މިއީ ރާއްޖޭގެ ސްކޫލްތަކުގެ މިޑް ޓާމް ބަންދު ދުވަސް ވަރެވެ. މިހާރު ގުނަމުން މިދަނީ އެ ބަންދުގެ އެންމެ ފަހު ހަފުތާއެވެ. މި ދުވަސްވަރަކީ ބޮޑުތިލަދުންމައްޗަށް ވަރަށް މޫސުން ވެސް ރީތި ދުވަސްވަރެއްކަމުން އެކިރަށްރަށުގެ ޢާއިލާތައް އެކުގައި ވަގުތުހޭދަކޮށް، މަޖާކޮށްލަން ދަނީ ދަތުރު ދިޔުންފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.