މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,432 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1465 ވަނަ ޞަފްޙާ

ވާހަކަ: ހަންޑި ހުސޭނު

ވާހަކަ: ހަންޑި ހުސޭނު

ކައިރީގައިހުރި ރަށްރަށަށް ބިލެތާ ދިޔަ ދޯނިތައް އައިސް ފަޅަށް ވަންނަނީއެވެ. ހުސޭނު އިނީ އަތިރިމަތީގައި ހުރި ކާނިގަހެއްގެ ދަށުގައި އޮތް ރުއް ބުޑެއް މަތީގައެވެ. ގަދަޔަށް އަވި ދިއްލާފައި އޮތް ދުވަހެކެވެ. އެހެންނާ ނުފެންނަ ބައެއް ރަށްރަށުގެ މަލަތައްވެސް ތިރިތިރިކޮށް ފެންނަން އޮތެވެ. މާލޫދަށް ދައުވަތު ދިނުމަށް ބިލެތާއި ފަންޏާ ހިފައިގެން ދިޔަ ތިން ދޯނިވެސް އޮތީ ދިދަ ދަމާ ޒީނަތްތެރިކޮށްފައެވެ. ޖެހެމުންދިޔަ ރީތި ނަލަ ވައިގެ ތެރޭގައި އެ ދޯނިތައް ދުއްވާފައި އައިސް ރިޔާތައް ދޫކޮށްލީ […]

ޢަބްދުﷲ ސަޢީދު
ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި

ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި

ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ. މިއަދު ހެނދުނު ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ. ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިން...

ޔުމްނާ ޢަލީ
ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް

ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް

ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […]

އަލީ އާދިލް
ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ. އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ދެ ހިދުމަތް ވެސް ކެނޑުނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ބަޔަކު ކޮންނަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުން ވުމުން ކަމަަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައާފަށަ […]

އަޙްމަދު ވަހީދު
ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް

ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ތަޖުރިބާގެ ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން އެ އަތޮޅު ނޭކުރެންދޫއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޖަމިއްޔާއިން 15 ޖަނަވަރީ 2022 ވީ ހޮނިހިރު ދުވަހު ނޭކުރެންދޫއަށް ކުރި ދަތުރުގައި ޖުމްލަ ނުވަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ މެމްބަރުންނާއި އަންހެން ތިން މެމްބަރުންނެވެ. ނޭކުރެންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަނ...

އިބްރާހިމް ޚަލީލް
ލިވަޕޫލް ދެވަނައަށް

ލިވަޕޫލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލިވަޕޫލުން ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގައި ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެން ކަމަށްވާ މިސްރުގެ މުޙައްމަދު ސަލާހާއި ސެނަގަލްގެ ސަޑިއޯ މަނޭ މިވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރުމަށް ޤައުމީ ޓީމާއި ގުޅިފައި ވުމުން މި މެޗަށް […]

އިބްރާހިމް ޚަލީލް
ގާފަރު ފެނަށް ޖެހުމުން ސްޓެލްކޯ ފެން ޕްލާންޓުން ފެން ދޭން ފަށައިފި

ގާފަރު ފެނަށް ޖެހުމުން ސްޓެލްކޯ ފެން ޕްލާންޓުން ފެން ދޭން ފަށައިފި

ކ. ގާފަރު ފެނަށް ޖެހުމުން އާއްމުންނަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯގެ ފެން ޕްލާންޓުތަކުން ފެން ދޫކުރަން ފަށައިފިއެވެ. ސްޓެލްކޯއިން އެ ރަށުގައި ބަހައްޓާފައިވަނީ ވަނީ 15 ޓަނުގެ ދެ ފެން ޕްލާންޓެވެ. މި ފެން ޕްލާންޓުތަކުން އާއްމު ބޭނުންތަކަށް މިއަދުން ފެށިގެން ފެން ލިބޭނެއެވެ. ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ގާފަރު ފެނަށް ޖެހެއެވެ. އަދި ސަރުކާރުން ކޮންމެ އަހަރަކުވެސް އެ ރަށަށް ފެން ފޯރުކޮށްދެއެވެ. ނަމަވެސް ދެން މާލެއިން އެ ރަށަށް ފެން ފޯރުކޮށްދޭން […]

އަޙްމަދު ވަހީދު
ކޮވިޑާއި އެކު ޑރ. ފައުޗީގެ މުއްސަނދިކަންވީ އިތުރު

ކޮވިޑާއި އެކު ޑރ. ފައުޗީގެ މުއްސަނދިކަންވީ އިތުރު

ކޮވިޑް 19ގެ ހާލަތުގައިވެސް 2020 ވަނަ އަހަރު އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީގެ މުއްސަނދިކަން އިތުރުވެ 1.7 މިލިއަން އެމެރިކާ ޑޮލަރު ގެ ފައިދާ ވެފައިވާކަމަށް 2020 ވަނަ އަހަރުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްގެ ރައީސް އަދި ޗީފް އެޑްވައިޒަރު ޑރ. ފައުޗީގެ މާލީ ބަޔާން ހާމަކޮށްފައި މިވަނީ އެމެރިކާގެ ސެނެޓްގެ މެމްބަރެއްކަމަށްވާ ރޮޖާ މާޝަލް، ފައުޗީގެ މާލީ ބަޔާން ހާމަކުރުމުގައި އޮޅުވާލުންތަކެއް […]

އަޒްފާ ރަޝީދު
ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ....

އައިޝަތު ނަސާޔާ
ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި

ހއ. އިހަވަންދޫ ގެ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ކައުންސިލުން، ކޯވިޑްގެ ސަބަބުން އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ ގޭތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ 29 ގެއަށް މިއަދު ހަދިޔާ ދީފައިވާނެ ކަމަށެވެ. ހަދިޔާގެ ތެރޭގައި ސައިބޯނި، ހަނޑޫ ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކަށް ވެސް […]

އައިޝަތު ނަސާޔާ
ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި

ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ހޭދަވި ދެ އަހަރުގެ މުއްދަތަށް، ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 […]

އަލީ އާދިލް
ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގައެވެ. މި މަސައްކަތް އިފުތިތާހު ކ...

އަޙްމަދު ވަހީދު
ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި

ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި

“އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 ” ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ […]

އައިޝަތު ނަސާޔާ
މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި

މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. މަރޮށި ބަނދަރު އަޕްގްރޭޑިންގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަރޮށި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ގްރޮއިން ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. އެ މީހާ ގެއްލުނީ 15 ޖަނަވަރީ 2022 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ހޯދުމަށްފަހު ނަގާފަކަމަށެވެ. އެ މީހާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެއީ އުމުރުން 69 […]

ޔުމްނާ ޢަލީ
އެސްޓީއޯއިން އެދެނީ އޮންލައިންކޮށް ވިޔަފާރި ކުރަން

އެސްޓީއޯއިން އެދެނީ އޮންލައިންކޮށް ވިޔަފާރި ކުރަން

އޮންލައިންކޮށް ވިޔަފާރި ކުރަން އެސްޓީއޯއިން އެދިއްޖެއެވެ. އެސްޓީއޯއިން މިހެން އެދުނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުން ގޭގައި ތިބެގެން އެއްވެސް ބަޔަކާ ބައްދަލު ނުވެ ވިޔަފާރި ކުރެވޭނެއެވެ. އެސްޓީއޯއިން ވަނީ 2020 ވަނަ އަހަރު ކޯވިޑާ ގުޅިގެން ރައްކާތެރިކަމާއެކު ވިަޔފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އޮންލައިން ފިހާރައެއް ހުޅުވާފައެވެ. އެސްޓީއޯ އީ ސްޓޯރުން އެ ކުންފުނީގެ ސުޕަމާޓުންނާއި ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ސާމާނާއ...

އަޙްމަދު ވަހީދު
ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

“އުފަލުން” ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން  އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ. އެގޮތުން އަންނައުނ...

އައިޝަތު ނަސާޔާ
ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 300 ލަނޑު ހަމަކުރި މެޗުގައި ބަޔާނަށް ފަސޭހަ މޮޅެއް

ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 300 ލަނޑު ހަމަކުރި މެޗުގައި ބަޔާނަށް ފަސޭހަ މޮޅެއް

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ލީގުގައި 300 ލަނޑު ޖަހައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ކޮލޯން ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ލެވަންޑޯސްކީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ މި ސީޒަންގައި ޖަރުމަނު ލީގުގައި ލެވަންޑޯސްކީ ހެދި ދެވަނަ ހެޓްރިކެވެ. މި މެޗުގެ 9 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް