ށ. މަރޮށި ބަނދަރު އަޕްގްރޭޑިންގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Ad
rt

މަރޮށި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ގްރޮއިން ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.