ރާއްޖޭގެ ގޭމް ކުޅޭ މީހުންނަށް އެހީވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ގޭމް ރޫމާ ގުޅިއްޖެއެވެ.
ގިނަ އަދަދެއްގެ ގޭމް ކުޅެވޭ ގޮތަށް ހުންނަ ގޭމް ރޫމަކީ އީ ސްޕޯޓްސް ސެންޓަރެކެވެ. އެތަމުގައި ތަފާތު ގޭންތައް ކުޅެވުމުގެ އިތުރުން ބައިވެރިންނަށް އިނާމްތައް ލިބޭ ލީގުތަކާއި މުބާރާތްތައް ވެސް ކުރިއަށް ގެންދެއެވެ.
އުރީދޫން ބުނީ އެ ކުންފުނިން ގޭމް ރޫމާ ގުޅުނީ ރާއްޖޭގައި އީ ގޭމިންއަށް ޝައުގުވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށެވެ. އަދި އެ ދާއިރާއިން ދިވެހިންގެ ހުނަރުތައް ކުރިއަރުވައި އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ ގޭމިން ޕްލެޓްފޯމްތަކަށް އެހީވުމުގެ އިތުރުން އުރީދޫން އަންނަނީ ފޯނުން ގޭމް ކުޅޭ މީހުންނަށް ހާއްސަ ޑޭޓާ ޕެކޭޖްތައްވެސް ތައާރަފު ކުރަމުންނެވެ. އޭގެ ތެރޭގައި ޕަބްޖީ އާއި މޮބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އާއި ގެރީނާ ފްރީ ފަޔާ އާއި ކޯލްއޮފް ޑިއުޓީ ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ގޭމުތަކަށް ހާއްސަ ޕެކޭޖުތައް ހިމެނެއެވެ.
In our efforts to support gaming, we have partnered with The Game Room, a state-of-the-art eSports center dedicated to bringing you a new range of innovative and fun social gaming experiences. Check them out for exciting tournaments and more. pic.twitter.com/qB6f97Qe0o
— Ooredoo Maldives (@OoredooMaldives) March 18, 2022
މީގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ހަލުވި އިންތަނެޓް ފޯރުކޮށްދިނުމަށް ވެސް އުރީދޫން އަންނަނީ އިންވެސްޓް ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!