ހދ. ނޭކުރެންދޫގައި 400 ކިލޯވޯރޓް ގެ އައު އިންޖީނެއް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ހިދުމަތްދޭންފެށި ޖަނަރޭޓަރ ނޭކުރެންދޫއަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހު 10 ވަނަ ދުވަހު އެވެ. ޖަނަރޭޓަރ ބަހެއްޓުމަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައީ އިންޖީނުގޭގައި އިންޖީނު ވެއްދުމަށް ކަނޑާފައިހުރި ޖާގަ ކުޑަވުމުން އެތަން ބޮޑުކުރަން ޖެހުމާއި، ކުރިން އިންޖީނު ބަހައްޓަން ހަދާފައިހުރި ބެޑް ބޮޑުކުރަން ޖެހުމުންނާއި ޖަނަރޭޓަރ ބަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުމުންކަމަށް އެރަށު ފެނަކައިގެ އޮފިސަލަކު މަޢުލޫމާތު ދިނެވެ.
ޖަނަރޭޓަރ ބެހެއްޓުމަށް ކުރިން ބަހައްޓާފައި ހުރި އިންޖީނު ބަދަލު ކުރުމުގެ މަސައްކަތުގައި ނޭކުރެންދޫ ޕޮލިސް ގެ އެއްބާރުލުންވަނީ ލިބިފައެވެ. އަލަށް ގެނައި 400 ކިލޯވޯޓް ގެ ޖަނަރޭޓަރ ބެހެއްޓުމުގެ ގިނަ މަސައްކަތް ކޮށްފައިވަނީ މި ރަމަޟާން މަސްތެރޭ ފެނަކަ އިންޖީނިއަރުންނާއި ފެނަކަ ނޭކުރެންދޫ ބްރާންޗުގެ މުވައްޒަފުންނެވެ.
ނޭކުރެންދޫގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ މީގެ 37 އަހަރު ކުރިން 1985 އަހަރު އަމިއްލަ ފަރާތަކުންނެވެ. އޭގެ 16 އަހަރު ފަހުން 2001 ވަނަ އަހަރު ރައްޔިތުން ނަމުގައި ވަނީ ކަރަންޓް ހިދުމަތް ދޭން ފަށާފައެވެ. 10 އަހަރު ފަހުން ސަރުކާރުން ރައްޔިތުންނަށް ކަރަންޓް ހިދުމަތް ފޯރުކޮންދޭން ފެށީ 2011 ވަނަ އަހަރުއެވެ.
އެންމެ ފަހުން ނޭކުރެންދޫ އަށް އައު ޖަނަރޭޓަރެން ގެންގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ގެންގޮސްފައިވަނީ 200 ކިލޯވޯޓް ގެ ޖަނަރޭޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!