ދައުލަތަށް ލިބޭ އާމްދަނީ މަދުވާގޮތަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ދެކޮޅުކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރިޔާޟް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖި...
އަލީ އާދިލް
ހދ. މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި މަކުނުދޫ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ‘އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް’ އާއި އެވެ. މި މަސައްކަތަށް 12,008,846.18 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި...
ޔުމްނާ ޢަލީ
ހއ. ކެލާ ބަނދަރު ހުޅަނގުކޮޅުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 1500 އަކަފޫތުގެ ދެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. މި ބިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ. […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުގެ ޑިރެކްޓަރަކަށްވުމުގެ ފުރުސަތު އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ. އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ފަސް ޑިރެކްޓަރަކު އައްޔަން ކުރާނެއެވެ. އެ މަގާމަށް ކުރިމަތިލާން މި މަހުގެ 28 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެމްޓީޑީސީ ޑިރެކްޓަރުންނަށް ކުރިމަތިލެވޭނީ 18 އަހަރުން މަތި، މަދުވެގެން ކުންފުނީގެ 50 ހިއްސާ އޮންނަ މީހަކަށެވެ. އަދި ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެ...
އަޙްމަދު ވަހީދު
ފާދިއްޕޮޅު މާފިލާފުށީ ޚަތީބު ޢަލީ ކޮށަލި ކިލެގެއާއި މާފިލާފުށީ މުޙައްމަދު ފާށަނާކަލޯގެ ދި ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުން ކަބާ ޢައިޝާ ރަނިކިލެގެފާނު އަވަހާރަވީ ހިޖުރައިން 1076 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 9 ވީ އާދިއްތަ ދުވަހުއެވެ. އެއީ މީލާދީން 14 ފެބުރުވަރީ 1666 އެވެ. އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަބާ ޢައިޝާ ފަސްދާނު ލެވިފައިވަނީ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުންނަ ކަބާ ޒިޔާރަތުގައެވެ. އެ ޒިޔާރަތުގައި އެ ކަމަނާގެ މަހާނަފުޅުގެ އިތުރުން އިސްކަންދަރު ރަސްގެފާނުގެ އަނބިކަނބަލުން ކަބާ […...
ޢަބްދުﷲ ސަޢީދު
ސިނާއީ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ތިލަފުށިން ބިމެއް ދީފިއެވެ. ތިލަފުށިން ބިން ދީފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީޕް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ. އެމްޓީސީސީން މިހާރު ވެސް ގެންދަނީ ތިލަފުށީ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރަފުކޮށްފިއެވެ. ފިލްޓަ އާއި ލެންސް ތައާރަފުކޮށްފައިވަނީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގެންނެވިއެވެ. އަލަށް ތައާރަފު ކުރި ފިލްޓާ އާއި ލެންސަކީ ރާއްޖޭގެ ސަގާފަ...
އަޙްމަދު ވަހީދު
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ މިނިސްޓްރީގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މ...
އިބްރާހިމް ޚަލީލް
އިޓަލީ ކަޕްގެ ސެމީގައި އޭސީ މިލާން މައްޗައް 3-0 ގެ ނަތީޖާއިން ކުރި ހޯދާ އިނަޓަމިލާން ފައިނަލްގެ ފުރތަަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. މާޓިނޭޒް ވަނީ ދެގޯލް ޖަހާފައެވެ. 4 ވަނަ މިނެޓް ގައި ޑާމިއަަންގެ އެހީތެރިކަމާއކު ޖެހިއިރު ދެވަނަ ގޯލް 40 ވަނަ މޮނެޓ ގައި ޖެހީ ކޮރެއާގެ އެހީތެރިކަމާއެކުގައެވެ. ތިންވަނަ ގޯލް ބޮރޮޒޮވިޗް ގެ އެހީތެރިކަމާއެކު 82 ވަނަ މިނެޓް ގައި ޖަހައިދިނީ ގޮސެންސް އެވެ. ދެ ޓީމްގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް […]
އަލީ ރިޔާޟް
ސައިބަރ ކްރައިމް މައްސަލަތަކާއި، ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތައް އަންގައި ދިނުމަށް ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނާއި، މިލަންދޫ ސްކޫލާއި ގުޅިގެންނެވެ. މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާ، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެފަދަ ކުށްތަކުން ދު...
ޔުމްނާ ޢަލީ
އިނގިރޭސި ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނުމެޗުން 4-0 ގެ ނަތީޖާއިން ފަސޭހަކަމާއެކީ ޔުނައިޓެޑް ގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ތާވަލްގެ 1 ވަނަ އަށް ޖެހިލައިފިއެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ލިވަޕޫލް އިންނެވެ. ލިވަޕޫލްގެ މެދުތެރެ ފެނުނީ ވަރުގަދަކޮށެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ލިވަޕޫލް ގެ މެދެތެރެއިން ތިއާގޯ ކުޅެމުން ދިޔަ މޮޅުކުޅުމެވެ. މެޗްގެ 80 ވަނަ މިނެޓް ކުޅުނު ތިއާގޯވަނީ 129 ފަހަރު ބޯޅައިގަ ޖައްސާ 105 […]
އަލީ ރިޔާޟް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންނަށް ދެމުން އަންނަ ހައްޖާއި އުމްރާގެ ދަތުރު މިއަހަރު ހަތަރު މުވައްޒަފަކަށް ދީފިއެވެ. މިއީ މެދުކެނޑުމަކަށްފަހު އެ ފުރުސަތުތައް ސްޓެލްކޯއިން އަލުން ދޭން ފެށި އަހަރެވެ. އެގޮތުން ދެ މުވައްޒަފަކަށް އުމްރާ ދަތުރު އަދި ދެ މުވައްޒަފަކަށް ހައްޖު ދަތުރު ވަނީ ދީފައެވެ. އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނީ އެކުންފުނީގައި ފަސް އަހަަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކ. ވިލިނގިލި އަވަށު އިންޖީނުގޭގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ޝަފީގ...
އަޙްމަދު ވަހީދު
މިއަދު މިކިޔާދެނީ ފިހާރަތަކުގައި ވިއްކަން ހުންނަ ކޭކެއް އަޅާނަމަ، ކޭކު އިތުރަށް މީރުކޮށް ފުރިހަމަ ކޮށްލެވިދާނެ ގޮތެކެވެ. މިރެސިޕީ އަށް ބޭނުންކުރާނީ އާންމުކޮން ފިހާރަތަކުން ލިބެން ހުންނަ ޗޮކެލެޓް ކޭކު މިކްސް ޕެކެޓެވެ. ކޭކު ފިހާއިރު، ކޭކުގެ ރަހަ އިތުރަށް މީރުކޮށްލަން 1 ސަމްސާ ކަޅު ކޮފީ އަޅަން ވާނެ އެވެ. މިރެސިޕީގައި ކޭކު އެޅުމަށްވުރެއް ބޮޑަށް އަލި އަޅުވާލާނީ ކޭކް މޮއިސްޓު ކުރާގޮތަށެވެ. އެގޮތުން ކޭކު ރަނގަޅަށް ފިހެވުމަށްފަހު، ހިހޫ ވަންދެން ބާއްވާލަން ވާނެ އެވެ. އެކީ ހިހޫ ވީމާ […]
ޝިއުނާ އާދަމް
“އެއީ އަލަށް ޖޮއިން ކުރި ކުއްޖެއް، ފަޔާޒް (ފަޔާ) ކިޔަނީ ، އެކަމު މިހާރު މަހެއް ވަރު ވަނީމި، އެއީ ކައެ ހަމަ ޗުއްޓީއަށް ދިޔަތަނާހެން،” ރީހާން، އާކިފް ގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ކިޔައިދިނެވެ. ދެންވެސް އާކިފް ކުރީ ސުވާލެކެވެ. މަންތެއްވާން އުޅޭއިރުވެސް އޭނަ ކީއްވެ އާވެފަ އެހުންނަނީ؟ ހިޔެއްނުވެ ރިސޯޓަށް އާވެފަ ހުންނަހެނެއް ހީވަނީ ކޮންމެސް އެހެންކަމެއްހެން، ރީހާން ބުންޏެވެ. ދެން އޯކޭ ކޮންއިރަކުން ޑިއުޓީ އިނީ އާކިފް ސުވާލުކުރިއެވެ. މަދޯ؟ މަ […]
އަލީ ރިޔާޟް
ހދ. މަކުނުދޫ މިސްކިތްތަކަށް އޭސީ ހަދިޔާ ކުރުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. މަކުނުދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޞިއްދީޤުގައި އޭސީ ހަރުކުރުމުން ކަރަންޓު ބިލް އެކައުންސިލުން ދެއްކުމަށް ނިންމާފައިވާކަމަށެވެ. މަސްޖިދުއް ޞިއްދީޤަށް 7 އޭސީ އަދި މަސްޖިދުއް ތަޤްވާއަށް 14 އޭސީ ބޭނުންވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ. މި ދެ މިސްކިތަށް އޭސީ ހަދިޔާ ކުރަންބޭނުންފުޅުވާ ފަރާތްތަކަށް 24 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހު...
އިބްރާހިމް އަސްވާޤް
އެޓަރނީ ޖެނެރަލްގެ އޮފީސް (އޭޖީ) އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޤާނޫނީ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފިއެވެ. އޭޖީ އޮފީހުން ބުނެފައިވަނީ، މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު ޢާންމުންނަށް އޮޅުންފިލުވައިދިނުންކަމަށެވެ. އެގޮތުން މިކެންޕޭނުގައި، ޢާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރ...
އަލީ އާދިލް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިގެން ދިޔައިރު، ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވުމުގެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ބިލ...
ޙުސައިން ޝަހުދީ
އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވ...
ޝިއުނާ އާދަމް