"އެއީ އަލަށް ޖޮއިން ކުރި ކުއްޖެއް، ފަޔާޒް (ފަޔާ) ކިޔަނީ ، އެކަމު މިހާރު މަހެއް ވަރު ވަނީމި، އެއީ ކައެ ހަމަ ޗުއްޓީއަށް ދިޔަތަނާހެން،" ރީހާން، އާކިފް ގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ކިޔައިދިނެވެ. ދެންވެސް އާކިފް ކުރީ ސުވާލެކެވެ. މަންތެއްވާން އުޅޭއިރުވެސް އޭނަ ކީއްވެ އާވެފަ އެހުންނަނީ؟ ހިޔެއްނުވެ ރިސޯޓަށް އާވެފަ ހުންނަހެނެއް ހީވަނީ ކޮންމެސް އެހެންކަމެއްހެން، ރީހާން ބުންޏެވެ.

ދެން އޯކޭ ކޮންއިރަކުން ޑިއުޓީ އިނީ އާކިފް ސުވާލުކުރިއެވެ. މަދޯ؟ މަ އިންނާނީ ނައިޓް ސިފްޓެއްނު، މެޑަމް އަކަށް މަށެއް ރީއްޗެއް ނޫނޭ، "މެޑަމް އަށް ރީތީ ކައެ އޭ" ރީހާން އާކިފް އާ ދިމާ ކޮށްލަމުން ބުންޏެވެ. "ބުނަންތަ ވާހަކައެއް، އެއީ ރީތިވެގެން ވާގޮތެއްނޫން، މަ ކާފަ މަ ކައިރީ ބުނި އެއްޗެއް ބުނަންތަ؟ ކުރިއަރަން ބޭނުން ނަމަ އެހެން މީހުންނަށް ތައުރީފް ކުރުން ގިނަ ކުރާށެ!" އާކިފް ބުންޏެވެ. ރީހާން ހޭންފަށާފައި ބުންޏެ! "ކާފަ ބުންޏޭ މާމަ ބުންޏޭ ކިޔާ މޮޅުވާހަކަ ނުދައްކާ ހިނގާ ކާންދާން ކެންޓީން ބަންދު ކުރާ ގަޑިޖެހެނީ!"

Ad
rt

އޭ އޭ ކައެމެން ދެމީހުން ތިދައްކަނީ އޭންދަ ސޮރު ވާހަކަ ދޯ.؟ ބުނަން ރަނގަޅު ވާހަކަ އެއް މަޑުން ހުންނަ ގުރާ ބާރަށް ކަށި ޖަހާނެ! އެތަނަށް އައިސް އިއްބެ ބުންޏެވެ.

އެވަގުތު ރީހާން ކައެތީ ދިވެހި ބަހުގެ އަދީބެއްތަ؟ އޯކޭ އޯކޭ ކައެ ކައިފިންތަ ކެންޓީން ބަންދުކުރާ ގަޑި ޖެހެނީ ނުކަންޔާ ހިނގާ ކާންދާން އާކިފް މިހެން ބުނުމުން ތިން މީހުން އެއްކޮށް ހިނގައިގަތީ ކެންޓީނާއި ދިމާލަށެވެ.

ފަޔާ ކޮޑަށް އަތްލައިގެން ރީހާން ދަޅެއްބޮމުން އޭނަ އާ ވާހަކަ ދައްކަމުން މަޑުމަޑުން ހިނގަމުން ދެއެވެ. ތިހެން ވީމަ އަހަންނަށްވެސް އެނގޭ ދެރަވާނެކަން އެކަމު އަބަދު ތިހެން ނޫޅެވޭނެދޯ.؟ ރީހާން ބުންޏެވެ.

ކުއްލިއަކަށް އިއްބެ އައިސް ކުރިމައްޗަށް އެރިއެވެ. އިއްބެ މިހާރު އޭނަ އަތުން ދަޅު ހޯދީ ދޯ.؟ އާ، އާ، ހަކުރު ދެންޔާ ދޮންބެ! ކޮނޑަން އަތްލައިގެން ދޭ، އިއްބެ ބުންޏެވެ. ފަޔާ ސުވާލް ކުރިއެވެ. "އާކިފް ހާދަ ކޫލް އޭ ދޯ؟ ހާދަ ހެޕީކޮންނޭ އޭނަ އަބަދުވެސް ފެންނަނީ، އަހަރެންވެސް ހިތަށްއަރާ އެހާ ހެޕީ ލައިފް އެއް ލިބޭނެ ނަމައޭ،"

އަހަންނަކަށްވެސް ނޭނގޭ އޭނަގެ ލައިފް ގެ ކަންކަމެއް އެކަމު އަހަންނަށްވެސް އޭނަ ފެންނަން ފެށީންސުރެ އޭނަ އުޅެނީ އެހެން، މި ރިސޯޓްގައި އެންމެ ސަކަރާތްޖަހާ މަޖާކޮށް އުޅޭނީ އޭނަ، ރީހާން އާއި ފަޔާ ހިނގަމުން ގޮސް އެމީހުންގެ ކޮޓަރިއާއި އަރާ ހަމަ ވުމުން ރީހާން އޭ މަ މިދަނީ ޓޮއިލެޓަކަށް ފަހުން ގުޅާނަން އޯކޭ.؟ "އާކިފް އާ ވާހަކަ ދައްކާލަބަަލަ އޭނަ ވަރަށް ކޫލްވާނެ،" ރީހާން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

އާއެކޭ ބުނުމުގެ ގޮތުން ފަޔާ ބޯޖަހާ ލުމަށް ފަހު އޭނަގެ އެކެނިވެރި ދުނިޔެއަށް ވަދެ އިސްޖަހިގެން ހުރެ ހިނގައިގަތެވެ.

ކުއްލިއަކަށް ކުރިމަތިން މީހަކު ފެނުމުން ސިއްސައިގެން ގޮސް ފަޔާ ބަލާލިއެވެ. އާކިފް ފަޔާ ގޮވާލިއެވެ.

އާކިފް އޯ! އާކިފް ވާހަކަ ދައްކަން ފެށި އެވެ. "ރިސޯޓަށް އައިތާ މިހާރު ހަމަސް ވެގެންދަނީ، އަހަންނަކަށް ނުފެނެ ފަޔާ ތިނޫން ގޮތަކަށް ހުއްޓައެއް ދުވަހަކުވެސް، އަބަދު ތިޔަ އިންނަނީ އިރު ވިދިފަ އިންނަ މާކަނަ އެއްހެން، ދުނިޔެ މަތިން ފޫހިވެފަ ދިރި އުޅުން ވޭނަކަށް ވެފަ ހުންނަހެން އަބަދުވެސް އަހަންނަށް ހީވަނީ ފަޔާ ފެނުނީމަ، ރިސޯޓް ކަޑައީތަ ، ނޫނީ މީހަކު އެއްޗެކޭ ކިޔަނީތަ.؟ އަސްލު ތިހާ ދެރަވެފަ ތިހުންނަނީ ކީއްވެތަ.؟ ފަޔާ ފެނުނީމަ ހީވަނީ ފުރާނަ ނެތް މަސްގަޑެއް ފެންނަހެން،"

"އެންމެންގެ ލައިފް ކައެގެ ލައިފް ހާ ހެޕީ ނުވެދާނެ ދޯ،؟" ފަޔާ ކުޑަކޮށް ހިތްހަމަ ނުޖެހިފަ ހުރެ ބުންޏެވެ. "އެކަމު އަހަރެންނާ މިތަނުން މި ވޭތުވެ ދިޔަ ހަމަސް ދުވަހުވެސް ތި ސުވާލުކުރި ދެވަނަ މީހާތީ.
މީހުން ބުނެ އެއްނު ކަންކަން ޝެއާ ކޮށްލީމަ ލުޔެއް ލިބޭނޭ، އަހަންނަށް ކިޔައިދީބަލަ،" އާކިފް ފަޔާ ގާތުން އެދުނެވެ.

"އަހަރެންގެ ލައިފް ދޯ.؟ މީގެ އަހަރެއް ކުރިން އަހަރެންގެ ވައިފް ވަނީ އަހަރެން ކައިރިން ވަރި ވެގެން ގޮސްފަ، އެއީ އަހަރެން އެންމެ ލޯބިވީ މީހާ، 6 އަހަރު ރައްޓެހިވެގެން އުޅެފަ މެރީ ކުރީ، މެރީއަށްފަހު ޗޭންޖް ވަމުން ވަމުން ގޮސް އަމިއްލަ އަށް ކޯޓަށް ލައިގެން ވަރިވީ، އެއަށްފަހު އަހަރެން ހަމަ އަސްލުވެސް ދުނިޔެމަތިން ފޫހި ވެއްޖެ، އަހަރެން ބަރުބާދު ވެއްޖެ، ނިކަމެތި ވެއްޖެ،" އާ އޯކޭ އާކިފް ފަޔާގެ ވާހަކަ ހުއްޓުވިއެވެ.

"ކައެތީ ފިރިހެނެއްތަ.؟" އާކިފް ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

"ދެން އަޑު އަހާ އަހަރެންގެ ލައިފް، މީގެ 2 އަހަރު ކުރިން އަހަރެންގެ މަންމަ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން، ލިބުނު ކުއްލި ޝޮކުގައި ބައްޕަ ޕެރަލައިޒްވި، އަހަރެން ވަޒީފާ ދޫކޮށްލާފައި ބައްޕަ ބަލަން ރަށަށް ބަދަލުވިން، އަހަރެންގެ 2 އަހަރަށްދާ އަންހެން ކުއްޖަކާއި 6 މަހުގެ ފިރެހެން ކުއްޖަކު ހުރޭ، ރައްޓެހިވެގެން މާގިނަ ދުވަސްތަކަކު ނޫޅުނަސް ކައިވެންޔައް އޭރު 5 އަހަރު ވެއްޖެ، ރަށަށް ބަދަލުވެ ކުދި ކުދި މަސައްކަތް ކޮށްލައިގެން އުޅުނީ، އަތްމަތި ދަތިވާން ފެށި ހިސާބުން ވައިފް އާ މައްސަލަ ޖެހެންފެށި، މައްސަލަ ހައްލުނުވާ ހިސާބަށް ދިޔައީމަ އަހަރެން ވައިފް ޑިވޯޒް ކުރީ،"

ހަޔާތުގެ ވާހަކަތައް ހިއްސާކުރަމުން ސުވާލެއް ކުރި އެވެ. "އެގޭތަ ކީއްވެ ކަމެއް .؟ އަހެރެން ބޭނުން ވެގެނެއްނޫން އޭނަ ވަރި ކުރާށޭ ކިޔާވަރުން، މައްސަލަ އަކަށްވީ ފައިސާ، އެކަމުގެ ހިތާމައިގައި ޑިވޯޒް ކުރިތާ 10 ވަނަ އަށް ވީ ދުވަހު ބައްޕަ ނިޔާވީ، ދެން އަހަރެންގެ ހުރި ހަމަ އެކަނި މީހަކީ އަހަރެންގެ ކާފަ، ބައްޕަ ނިޔާވިތާ ހަފްތާއެއްނުވެ ކާފަ ބަލިވީ، މާލެ އައިސް ޓެސްޓް ތައް ހެދީމަ އެނގުނީ އެންމެ ފަހު ސްޓޭޖް ކަން ، ކާފައަށް ހުރީ ކެންސަރު ޖެހިފަ، މާލޭގަ ތަނެއް ކުއްޔައް ހިފާފައި ކާފަ ބަލަން ބޭރު މީހަކު ލާފަ އެހުންނަނީ މަށަށް މި ލިބޭ އެއްޗަކުން ހަމަ،"

ހިތުތެރޭގައި އެތަކެއް އުދާސްތަކެއް ތަހަންމަލް ކުރަމުން މޫނުމަތިން އުފާވެރިކަން ދައްކަމުން ދާ ހަޔާތެއްގެ ވާހަކަތައް ބަންޑުން ކޮށްލަމުން އިތުރަށް ކިޔައިދޭން ފެށި އެވެ.

"އިގޭތަ މަންމަ ނިޔާވީ މީގެ ދެ އަހަރު ކުރިން، އެ ހިތާމައިން އަރައި ނުގަނެވެނީސް އަންހެނުން ދެ ދަރިން ގޮވައިގެން ދިޔައީ އޭނަގެ ރަށަށް ދަރިން ލޮލަށްވެސް ނުފެންނަ ހިސާބައް، ބައްޕައަށް ކެއްނުވީ ބައްޕައަށް އިހުސާސްވީ އަހަރެންގެ ލައިފް ހަލާކުވީ ބައްޕަގެ ސަބަބުން ކަމަށް އެކަމާ ވިސްނާ ބަލި އެދުގަ އޮވެ ބައްޕަ ނިޔާވީ މިދިޔަ އަހަރު، އަންހެނުން ދިޔައީމަ މަ ނުދުވަން ލައިފް ސަކް ވެގެނެއް"

، އާކިފް ގެ އަޑު ބާރުވެ ވާހަކަ އަވަސްވަމުން ދިޔައެވެ.

އާދެބަލަ ކަލޭ ! މިހެން ބުނެ ފަޔާ އަތުގަ ހިފައިގެން ދަމާފަ ކަހަލަ ގޮތަކަށް އާކިފް އޭނަ ގޮވައިގެން ހިނގައިގަތެވެ.

ކަލޭ އަރާބަލަ މިހިރަ ތަނަށް، ކޮންމެ ދުވަހަކު ޑިއުޓީ ނިންމާފަ އައިސް ކަޅު ކޮފީއެއް ހިފައިގެން މޫދައް ބަލަން އިދެ ސިގިރޭޓް ފޮއްޓެއް ހުސްކޮށްލިޔަސް ނުލިބޭނެ ހިތްހަމަ ޖެހުމެއް، ލިބުނިއްޔާ ލިބޭނީ އިތުރު އަނިޔާއެއް، އާކިފް ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

އޭ އޭ އާކިފް ކުކުޅަށްވުރެ ބިސް ތޮށި ނުވެބަލަ، ކުއްލިއަކަށް އެތަނަށް އައިސް އިއްބެ ބުނެލިއެވެ.

އާކިފް: "މި އަނެއްކަ އަނެކަކު ހިތާވެގެން އުޅުނު މަންޖެ މީނަ ދޫކޮށްފަ ގޮސް ދިވެހި ޓީޗަރަކާ ހިތާވީމަ މީނަވެސް މިއުޅެނީ ދިވެހި ބަހުގެ އަދީބަކަށް ވާން، މޮޅުވެފައި އަދި އިރު އިރު ކޮޅާ ހަރުބަހެއް ބުނެލައޭ އެވެސް ރޯ ނުބައިކޮށް، މިދިޔަ އަހަރު، މިއަހަރު އިންޓަރިސޯޓް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކީޕަރު އެކަމު މިހާރު އެކަންވެސް ހުއްޓާފަ ފޮތްބޮޑި ހިފައިގެން އެ މަންޖެ ދިވެހި ޓީޗަރަކާ ހިތާވީމަ މީނަ މިދުވަނީ، ކަލޭ ގެ ހުނަރެއްނޫނޭތީ ، ކަލެއަށް ލިބިފައޮތް ހުނަރު ވެސް ދޫކޮށްލާފަ ތި ދުވަނީ، ކަލޭ މެން ދެމީހުން ހިތުން ތި ތިބީ އިޝްޤް ގައި ޖެހިފަދޯ،؟ ތި ތިބީ އިޝްޤް ގައި ޖެހިފައެއްނޫން ތި ތިބީ ހޭބަލިވެގެން ގޮސް ބުރާންތި ވެފަ. ކަލޭ މެން އަރާބަލަ ތިހިރަ ތަނަށް ހިތްދަތިވެގެން އަރާމީހާވެސް ފައިބާނީ އުފަލުން ހިތް ބަންޑުން ވެގެން، ކަލޭމެން ތީ ފިރިހެނުންނަށް ވެސް ހުރި ހުތުރެއް" މިހެން ބުނެ އާކިފް ހިނގައިގަތެވެ.

ފަޔާ އަދި އިއްބެ އިސްޖަހާލައިގެން ތިއްބެވެ. އެވަގުތު އެތަނަށް ރީހާން އައިސް ފަޔާ ކޮޑުގައި އަތްއަޅާ ބުނެލިއެވެ.

"މަށާ އާކިފް އާ ކުރިންވެސް އުޅުނީ އެއް ރިސޯޓެއްގަ، މަށަށް ވަރަށް ރަނގަޅަށް އޭނަ އިނގޭ، އޭނަ ލައިފް ގަ އެ ދިމާވި ކަންތައްތަކަށްފަހު ދިރިއުޅުމުގަައި މާޔޫސް ވެގެން އުޅޭ މީހުން ދެކެ ވަރަށް ރުޅިއާދޭ، ހާއްސަކޮށް އަންހެން ކުދިން ކަންތަކުގައި، އަހަރެން ކައިރީ އާކިފް ބުނި ފަޔާ އަށް ވެފަ ހުންނަ ގޮތެއް އަހާނަމޭ، އެހެންވެ އަހަރެން ފަޔާކައިރީ ބުނީ އާކިފް ގެ ވާހަކަ އޭނަ ކައިރީ އަހާބަލާށޭ، އަދި ފަޔާ އާ އާކިފް މިތާ ވާހަކަ ދައްކަން ހުރިތަން ފެނިގެން އަހަރެން އިއްބެ އަށް ގުޅާފަ އާކިފް ހޯދާ ވާހަކަ، މިތާ ހުރިވާހަކަވެސް ބުނީ ، އަހަރެން މިޔަދު އިއްބެގެ ވާހަކަ އާކިފް އަށް ކިޔައިދިނިން، އަހަރެން ބުނެލަން އޮތީ އެދުވަސް އެ ދިޔައީ އޭ އެއީ މާޒީއޭ"

އާ ކީކޭ އާކިފް، ފޯނުނަގައި ކަންފަތުގައި ޖަހާލަމުން ރީހާން ހިނގައިގަތެވެ.

އިއްބެ އަދި ފަޔާ އިސްއުފުލާލާ ދެމީހުން ދެމީހުނަށް ބަލާލިއެވެ. އަދި ދެމީހުން އެކީގައި ހިނގާފައިގޮސް މިސްކިތަށް އެރިއެވެ.