ހއ. ކެލާ ބަނދަރު ހުޅަނގުކޮޅުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 1500 އަކަފޫތުގެ ދެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ.

Ad
rt

މި ބިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގެ އިތުރުން ޕްރޮޕޯޝަލް ހުށަހެޅުމުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނި،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ކެލާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ބީލަމުގައި ރަޖިސްޓަރީވާން ބޭނުންފުޅުވާ ފަރާތްތަކުން 20 އޭޕްރިލް 2022 އިން 28 އޭޕްރިލް 2022 އާއި ދެމެދު ރަސްމީ ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އެ ކައުންސިލަށް ވަޑައިގެން ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރެއްވުމަށެވެ. އަދި އޮންލައިންކޮށް ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވިޔަފާރީގެ ނަމާއި ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސްގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއިއެކު info@kelaa.gov.mv މި މެއިލް އެޑްރެހަށް ނުވަތަ އެ ކައުންސިލުގެ ވައިބާ ނަމްބަރަށް (9650027) ވައިބާ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ބިންތަކަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ.