ސިނާއީ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ތިލަފުށިން ބިމެއް ދީފިއެވެ.

ތިލަފުށިން ބިން ދީފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީޕް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

އެމްޓީސީސީން މިހާރު ވެސް ގެންދަނީ ތިލަފުށީގައި ބޯޓުޔާޑެއް ހިންގަމުންނެވެ. އެއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ބޯޓު ޔާޑެވެ.

އެމްޓީސީސީ އިން އަންނަނީ އެ ކުންފުނީގެ މަސައްކަތްތައް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.