މިއަދު މިކިޔާދެނީ ފިހާރަތަކުގައި ވިއްކަން ހުންނަ ކޭކެއް އަޅާނަމަ، ކޭކު އިތުރަށް މީރުކޮށް ފުރިހަމަ ކޮށްލެވިދާނެ ގޮތެކެވެ.
މިރެސިޕީ އަށް ބޭނުންކުރާނީ އާންމުކޮން ފިހާރަތަކުން ލިބެން ހުންނަ ޗޮކެލެޓް ކޭކު މިކްސް ޕެކެޓެވެ. ކޭކު ފިހާއިރު، ކޭކުގެ ރަހަ އިތުރަށް މީރުކޮށްލަން 1 ސަމްސާ ކަޅު ކޮފީ އަޅަން ވާނެ އެވެ.
މިރެސިޕީގައި ކޭކު އެޅުމަށްވުރެއް ބޮޑަށް އަލި އަޅުވާލާނީ ކޭކް މޮއިސްޓު ކުރާގޮތަށެވެ. އެގޮތުން ކޭކު ރަނގަޅަށް ފިހެވުމަށްފަހު، ހިހޫ ވަންދެން ބާއްވާލަން ވާނެ އެވެ. އެކީ ހިހޫ ވީމާ ކޭކު މެދުން ފަޅާ ލާށެވެ. ފަޅާލާނީ މައްޗާއި ތިރިން ދެފޮތި ލިބޭހެންނެވެ.
މޮއިސްޓް އަށް ބޭނުންވާ ތަކެތި:
- 2 ޖޯޑު ކިރު
- 1/2 ޖޯޑު ކޮކޯ
- 4/3 ޖޯޑު ހަކުރު
- 1/2 ސައިސަމްސާ ވެނީލާ އެސެންސު
- 4 ސަމްސާ ބަޓަރު
- 4 ސަމްސާ ފުއް
ތައްޔާރުކުރާނެ ގޮތް
އެސެންސު ފިޔަވާ ހުރިހާ އެއްޗެއް އަޅާ އެއްކޮށްލާށެވެ. އެއްވީމައި ތެއްޔަކަށް އަޅާ މަޑު ގިނީގައި އޮލަވަންދެން ކައްކާލާށެވެ. ކައްކަން ވާނީ މަޑުމަޑުން ހާކަމުންނެވެ. ރަނގަޅަށް އޮލަވީމާ އެސެންސް ކޮޅު އަޅާލާ އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާ ހިހޫކޮށްލާށެވެ. މިހާރު ހުންނަން ވާނީ ކްރީމް ކޮންނެވެ. ހިހޫ ކުރަން ބަހައްޓާއިރު ދޭތެރެ ދޭތެރެއިން ހާކާލަން ވާނެ އެވެ.
ހިހޫވީމާ ފަޅާލި ކޭކުގެ އެއްބައިގެ މައްޗަށް ތައްޔާރުކުރި ކްރީމްގެ ދެބައިކޮށް އެއްބައި އަޅާ އެއްވަރު ކޮށްލާށެވެ. މިލޭޔާ އަޅާނީ އެހާ ބޯކޮށެއް ނޫނެވެ.
އެއަށްފަހު ކޭކުގެ އަނެއް ފޮތި ހޭކި ކްރީމްގެ މަތީގައި ބާއްވާށެވެ. ބާއްވާނީ ކެފި ފަރާތް މައްޗައް ވާގޮތަށެވެ. އެއަށްފަހު ބާކީ ހުރި ކްރީމްތައް މައްޗަށް އަޅާ އޮމާންކޮށްލާށެވެ. ބޭނުންނަމަ ކޭކުގެ ވަށައިގެންވެސް ހާކާލެވިދާނެ އެވެ.
އިތުރަށް ފުރިހަމަކުރަން ބޭނުންވާނަމަ މުގުރާފައި ހުރި ނަޓްސް ނުވަތަ ޗޮކޮލެޓްވެސް މައްޗަށް އެޅިދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!