ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި، އެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިންމާލާފައެވެ. އަދި ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 91 އިމްސައްތަ ވަނީ ނިމިފައެވެ.

Ad
rt

މީގެ އިތުރުން، މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ ނުވަ މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.