ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ.
މި މުބާރަތް ހުޅުވި މެޗްގައި ބައްދަލުކުރީ "ގަމަނަ" އަދި "ނަމުރު" އެވެ. ސީދާ ތިން ސެޓުން މެޗް ކާމިޔާބް ކުރީ ނަމުރު އެވެ. ފުރަތަމަ ސެޓް 25-22 އިން ދެވަނަ ސެޓް 25-20 އަދި ތިންވަނަ ސެޓް 25- 19 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލް ކޮށްދިނީ މެޗްގެ ޝަރަފް ވެރި މެހެމާން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 11 މުހައްމަދު ޝާނީޒް އެވެ.
މި މުބާރާތަކީ މިގޮތަށް ޒުވާނުން އިސްނަގައިގެން ބާއްވާ ފަސްވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތް ކުރިޔަށްދަނީ "ނަސްރުބޯޓް އީދު ކަޕް 1443" މި ނަމުގައެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނަމުރު އަދި ކަލިޔާ އެވެ. 3 ޓީމް ގެ މެދުގައި ކުރިޔަށްދާ މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ނަސްރު ބޯޓް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!