ކުމުންދޫ ރިވައިލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާގެ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހދ ކުމުންދޫ ޒީރު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް ފާރިސް އަބްދުލް ޤައްޔޫމް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ ހުޅުވިގެން ދިޔުމަކީ އެކެޑަމީއާއި ކްލަބާއި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް […]
ސަނިއްޔާ އަބޫބަކުރު
ކީރިތި ރަސޫލާ ﷺ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ހއ. ކެލާ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް ކެލާ ކައުންސިލްގެ ފަސް މެންބަރުން އިއްތިފާގުވެ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ﷺ ގެ...
މުޙައްމަދު ވަސީމް
މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ފާހަނގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. އެ ކުންފުންޏަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. މީގެ ތެރޭގައި ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތަށްވެސް އެވޯޑް ލިބުނެވެ. އުރީދޫއަށް ލިބުނު އެވޯޑްތައް • ގޯލްޑް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވެނީ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. […]
ހުސައިން ހަބީބް
ބ. ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިއްސާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަދޫ ކައުންސިލަރުން ވަރީ ރައީސްގ...
ޔުމްނާ ޢަލީ
ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެންބަރުން ތެރެއިން 4 މެމްބަރަކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކޮށްފިއެވެ. 2020 ވަނަ އަހަރު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މޮޅަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންނަކީ ވެސް މިނިވަން މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ކޮމެޓީއަށް އިނ...
ޝިއުނާ އާދަމް
ހުއްދަ ނެތި ފުލުހުންގެ ކަސްޓޯޑިއަލް ޖަލަކަށް ވަން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. މަރަދޫ ކުންނާރުގޭ، ހާފިޒު މުހައްމަދު ދީދީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިއަދު ހުކުމްކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލް ޖަލު ސަރަހައްދަށް ހުއްދަ ނެތި ވަނުމުންނެވެ. އެތަނަކީ ކުށުގެ ތުހުމަތުގައިވާ މީހުން ތަހުގީގަށް ބަންދުކުރާ ޖަލެކެވެ. ކްރިމިނަލް ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ. އެ […]
ހުސައިން ހަބީބް
ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން އެދި ހިޔާ ޔުނިއަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުވި ފައިސާ ހަމަވަންދެން ކުލި ނެގުން ފަސްކުރަން ނުވަތަ ކުލިން އެ ބައި އުނިކުރަން އެޗްޑީސީއާ ދެކޮޅަށް ހިޔާ ޔޫނިއަނުން ދައުވާކުރި މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެޗްޑީސީން ނެގި އިޖްރާއީ އިއުތިރާޒަކާ ގުޅިގެންނެވެ. އެއީ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ހިޔާ ޔޫނިއަން ނުވާތީ ދައުވާ ކުރުމުގެ ހައިސިއްޔަތު ހިޔާ ޔޫނިއަންގެ […]
ހުސައިން ހަބީބް
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފަޔަ ބިލްޑިން މަސައްކަތުގެ 87 އިންސައްތަ އަދި ރަންވޭ މަސައްކަތުގެ 70 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި، ފަޔަ ބިލްޑިންއެއް އިމާރާތް ކުރުމާއި، […]
އަޙްމަދު ވަހީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ސިއްރުކޮށް، ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރު މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގެ ފަހުމީ އަލީގެ […]
ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގައި ތިން ފަންގިފިލާގެ އިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެ ޑިޔުކޭޝަންގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 7...
ޙުސައިން ޘަޤީފް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން “ތުއްތު ދަރިފުޅު” ގެ ނަމުގައި ކުޑަކުދިންނާ ގުޅުންހުރި ފޮތެއް އިފްތިތާހު ކޮށްފިއެވެ. މި ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށްފަހު ދަރިފުޅު ގ...
އަޙްމަދު ވަހީދު
ހދ. ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެ...
އަލީ އާދިލް
ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ކުޑަކޮށްދިނުމަށް ރާއްޖެއިން އެދިއްޖެއެވެ. މިކަމަށް އެދިވަޑައިގެންފައި މިވަނީ އިނގިރޭސިވިލާތުގެ ރާނީގެ “ޕްލެޓިނަމް ޖުބިލީ”ގެ މުނާޞަބާ ފާހަގަކުރުމަށް ރައީސް އޮފީހުގެ މީރުމާ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މީގެ 50 އަހަރު ކުރިން 13 މާރިޗު 1972 ގައި އިނގިރޭސި ވިލާތުގެ ރ...
ސަނިއްޔާ އަބޫބަކުރު
ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 55 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތަކުގެ 94 އިންސައްތަ އާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން […...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 ގައި އަލީ އަޝްފާގް އަދި ޝަލަބީ އިބްރާހިމް ދުވެފިއެވެ. އިއްޔެ ބޭއްވި މި ޙަރަކާތާ ގުޅޭގޮތުންް ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަހުމަދު ވިދާޅުވީ، ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 އަކީ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށެވެ. މި ޙަރަކާތަކީ ފަންޑް ރެއިޒިންގ އިވެންޓެއް ކަމަށާއި، ފަންޑް ރެއިޒް ކޮށްފައިވަނީ ޖާރޒީ ވިއްކައިގެން ކަމަށް ޢަލީ ވިދާޅުވިއެވެ. އެގޮތުން މި ޙަރަކާތުގެ […]
ސަނިއްޔާ އަބޫބަކުރު
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކަނޑައަޅާފައިވާ ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކުޑަގިރީގައި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް ގާއިމްކުރުމަށް ބޭނުންވާ 3000 މީޓަރުގެ ކޭބަލް ވަޅުލައި ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެ ކުންފުނިން ފެށީ 26 މެއި 2022 ގައެވެ. ސްޓެލްކޯއާ ސަރުކާރުން ހަވާލު ކޮށްފައިވަނީ ކުޑަގިރީގެ މަގުބައްތި ޖެހުމާއި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކ...
އަޙްމަދު ވަހީދު
އުތީމު ޣާޒީ ބަންޑާރައިން (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން)ގެ ޖިހާދުން ބާރުލިބިގެން ދިވެހި ފަސްގަނޑުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއް ހުއްޓުވުމުގައި ދެމިތިބޭނެ ކަމުގައި އުތީމު ކައުންސިލުން ހާމަކޮށްފިއެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކޮށް ހއ. އުތީމު ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުން...
ސަނިއްޔާ އަބޫބަކުރު