ޖަރުމަންލީގް ފެށިމެޗުން 6-1 ގެ ނަތީޖާއިން ފްރެންފޯޓް ގެ މައްޗަށް ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ.
މެޗް ފަށައިގެން 5 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާން އަށް ލީޑް ނަގައިދީފައެވެ. އޭގެ 5 މިނެޓް ފަހުން މެޗްގެ 10 ވަނަ މިނެޓްގައި ބަޔާންގެ ދެވަނަގޯލް ޖައިދިނީ ފުރާސް ޑިފެންޑަރ ޕަވާޑް އެވެ.
3 ވަނަ ގޯލް 29 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސާޑިއޯ މާނޭ އެވެ. 4 ވަނަ ގޯލް ޖަމާލް މުސިއަލާ ކާމިޔާބް ކޮށްދިނީ މެޗްގެ 35 ވަނަ މިނެޓްގައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖި ނަބްރީ ވަނީ 5 ވަނަ ގޯލް ކާމިޔާބް ކޮށްދީފައެވެ. މެޗްގެ ފަހު ގޯލް 83 ވަނަ މިނެޓްގައި ބަޔާން އަށް ޖަހއިދިނީ މެޗްގެ 4 ވަނަ ގޯލް ޖެހި ޖަމާލް މުސިއަލާއެވެ.
ފުރެންކްފޯޓް ގެ ހަމަ އެކަނި ގޯލް މެޗްގެ 64 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކުލޮ މޫނީ އެވެ.
ބަޔާން އިން ވަނީ މި މެޗްގައި ގޯލާ އަމާޒްކޮށް 9 ހަމަލާއެއް ގޯލާ އަމާޒްކޮށް ފޮނުވައިލާފައެވެ. ފުރެންކްފޯޓް ގެ 3 ހަމަލާއެއް ގޯލާ ވަނީ އަމާޒުވެފައެވެ.
12 ވަނަ މިނެޓްގައު ފުރެންކްފޯޓްގެ ޓުޓާ އަދި 24 ވަނަ މިނެޓްގައި ބަޔާންގެ މުލާ ފޮނުވާލި ހަމަލާ އަމާޒްވީ އަރިމަތި ދަނޑިއާއެވެ. އަދި 28 ވަނަ މިނެޓްގައި މެޗްގައި 2 ގޯލް ޖެހި މުސިއަލާގެ ހަމަލާއެއް ވަނީ ހުރަސް ދަނޑިއާއި އަމާޒް ވެފައެވެ.
މީގެ އިތުރުން މިއަދު ލީގުގެ 6 މެޗެއް ކުޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!