2022-2023 އިނގިރޭސި ލީގުގެ ފުރަތަމަ މެޗުން 2-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ.
ސިޓީއިން އާސެނަލް އަށް ބަދަލުވި ޖީސަސް އަދި ޒިންޗެންކޯ ފުރަތަމަ 11 ގައި ކުޅުނު މެޗުގައި އާސެނަލްއިން ފުރަތަމަ ގޯލް ޖެހީ ޒިންޗެންކޯ ބޮލުން ގޯލް ކުރިމަށްޗަށް ހުރަސް ކޮށްދިން ބޯޅައަކުން މެޗްގެ 20 ވަނަ މިނެޓްގައި ބުރެޒިލްގެ ފޯރވާޑް ގެބްރިއަލް މާޓިނެއްލީ އެވެ. މިގޯލް މާޓިނެއްލީ ކާމިޔާބް ކުރީ ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ދެވަނަ ގޯލަކީ ޕެލަސްގެ ޑިފެންޑަރ މާކް ގެހީ ބޮލުގަ ޖެހިފަ ބައިކޮޅަށް ވައިން ގޯލްއެކެވެ. މީ އިނގިރޭސި ފޯވާޑް ސާކާ ގޯލް ކުރިމައްޗައް ހުރަސްކޮށްދިން ބޯޅައެކެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ވަނީ 3 ރީދޫ ކާޑް ދައްކާފައެވެ.
މީ މި ދެޓީމް އެންމެ ފަުހުން ކުޅުނު 3 މެޗްގެ ތެރެއިން އާސެނަލް އަށް ހޯދުނު ފުރަތަމަ މޮޅެވެ.
އިނގިރޭސި ލީގުގައި ހޯނިހިރު ދުވަހު ކުޅެން ހުރި މެޗްތަށް
16:30 ގައި ފުލްހަމް ، ލިވަޕޫލް
19:00 ގައި ލީޑްސް ޔުނައިޓެޑް ، ވޫލްސް / ބޯންމައުތު ، އެސްޓަންވިލާ / ޓޮޓެންހަމް ސައުތެމްޓަން
21:30 ގައި އެވަޓަން ، ޗެލްސީ
މީގެ އިތުރުން އާދިއްތަ ދުވަހުވެސް ލީގުގެ 3 މެޗެއް ކުޅޭނެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!