މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1289 ވަނަ ޞަފްޙާ

ނުފޫޒު ގަަދަ ސިޔާސީ މީހުން ވެންޓިލޭޓަރު މައްސަލައިން ބަރީއަ ވަނީތޯ ސުވާލު އުފައްދައިފި

ނުފޫޒު ގަަދަ ސިޔާސީ މީހުން ވެންޓިލޭޓަރު މައްސަލައިން ބަރީއަ ވަނީތޯ ސުވާލު އުފައްދައިފި

2020 ވަނަ އަހަރު ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދިޔަ އިރު ރާއްޖެއަށް ވެންޓިލޭޓަރ ހޯދުމުގެތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލާގައި ހިމެނޭ ސިޔާސީ ނުފޫޒު ގަަ އަި މަގާމުތަކުގައި ތިބި މީހުން ބަރީއަވަނީތޯ ސުވާލުއުފައްދައި، އެ މައްސަލާގައި ކަން ހިނގާ ގޮތާއި މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 2020 ވަނަ އަހަރު ފެންމަތިވި މި މައްސަލާގައި އޭރު ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި އަމީން އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވި އިރު، މިހާތަނަށް އެ މައްސަލާގައި […]

ޝިއުނާ އާދަމް
މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފަހައްޓަން ގާސިމް އިސްލާހް ހުށަހަޅުއްވައިފި

މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފަހައްޓަން ގާސިމް އިސްލާހް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހު މެންބަރުންގެ ޢަދަދު 87 އަށް ވުރެ އިތުރުނުވާނެހެން، މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަކީ 87 ކަމުގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅަން ވާނީ އެ މާއްދާގެ 1 ވަނަ ނަންބަރު އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން […]

އަލީ އާދިލް
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުފެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދުއެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، 343 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 539 މީޓަރުގ...

އަޙްމަދު ވަހީދު
ޖަލަކީ އޯގާތެރި އަޅާލާ ތަނަކަށް ވެއްޖެ: އިމްރާން

ޖަލަކީ އޯގާތެރި އަޅާލާ ތަނަކަށް ވެއްޖެ: އިމްރާން

ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހި...

ޝިއުނާ އާދަމް
އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދުއެވެ. މި މަޝްރޫއުގެ ދަށުން، 120 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސ...

އަޙްމަދު ވަހީދު
ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަ ސިމިއުލޭޓާ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފި ކޮށްފިއެވެ. މި އެކަޑަމީގެ ފަޔާރ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔަ ސިމިއުލޭޓާ ވުޖޫދަށް ގެނައުމަށްޓަކައި، އެ ސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރުއޭސީއެލް ކުރީގެ ފަޔަ އެންޑް ސޭފްޓީ ޑިރެކްޓަރު، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. މިފަޔަރ ސިމިއުލޭޓާ އުފެއްދުމުގެ އަމަލީ މަސައްކަތްފަށްޓ...

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފު ކޮށްފި

އުރީދޫ ސުޕަނެޓް ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފު ކޮށްފި

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. ކަނޑިތީމު، ޅ. އޮޅުވެލިފުށި އަދި ލ. ދަނބިދުއަށް ތައާރަފު ކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ހިދުމަތް މި ތިން ރަށް ތައާރަފު ކުރުމާއެކު އެ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫގެ ޗީފް […]

އަޙްމަދު ވަހީދު
ރެސްޓް ކުރަނީ ކަމަށްބުނެ ފަރުވާކުޑަކުރި ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލަނީ

ރެސްޓް ކުރަނީ ކަމަށްބުނެ ފަރުވާކުޑަކުރި ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލަނީ

ހުން ގަދަވެގެން ހޯރަފުށީ ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން ގެންދިޔަ ކުޑަ ކުއްޖަކަށް ފަރުވާ ނުދީ ”ރެސްޓް ކުރަން ކަމަށް ބުނެ” ފަރުވާކުޑަކުރި ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލުމުގެ މަސައްކަތް ކުރަށްވަމުން އަންނަކަމަށް ހޯރަފުށީ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. ދަރިފުޅު ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ރޭ ދިޔަ ހޯރަފުށީ މީހެއް (ކުއްޖާގެ ބައްޕަ) ވަނީ ފޭސް ބުކްގައި އެކަން ހިނގާ ދިޔަ ގޮތް ބަޔާންކޮށް ލިޔެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު […...

ތިލަދުން
ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯޅަ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިއްދޫ ކައުންސިލާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން 10 ދުވަހުގެ މުއްދަތަށް ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2022 އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ އެ ދިދާރާގެ ފޯނު 6500019 އަށް ގ...

އިބްރާހިމް ޚަލީލް
ޓްރާންސްޕޭރެންސީ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން ހިންގާ އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯސް، މެޕްސް ކޮލެޖުން ކާމިޔާބުކަމާއެކު ފަށައިފި

ޓްރާންސްޕޭރެންސީ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން ހިންގާ އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯސް، މެޕްސް ކޮލެޖުން ކާމިޔާބުކަމާއެކު ފަށައިފި

ޓްރާންސްޕޭރެންސީ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން ހިނގާ ކޯސް، މެޕްސް ކޮލެޖުން ފަށައިފިޓްރާންސްޕޭރެންސީ މޯލްޑިވްސްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން އާއްމުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލި މެޕްސް ކޮލެޖްގެ ކޯސް ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ފަށައިފިއެވެ. “ފުނަރަ ޕްރޮގްރާމް”އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައ...

އަލީ އާދިލް
ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

އިނގިރޭސި ލީގުގައި ހޯމަދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާ ޔުނައިޓެޑުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއީ 2018 ވަނަ އަހަރު ފަހުންލިވަޕޫލުކައިރިން ލީގުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި 2022 ވަނަ އަހަރު ލީގުގައި ލިވަޕޫލްގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް މިފަހަރުގެ ލީގުގައި އަދި ލިވަޕޫލަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޔުނައިޓެޑް ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓުގައި […]

އަލީ ރިޔާޟް
އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖޭޕީން ގޮވާލައިފި

އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖޭޕީން ގޮވާލައިފި

މިއަދު މެންދުރު ހުޅުމާލެ މަގުމަތިން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަދި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ. މެންދުރު 1:30 ހާއިރު މަގުމަތިން އަލީ ސާލިހަށް ހަމަލާ ދިނީ ކަޓަރަކުންނެވެ. އެ ހާދިސާގައި ލިބުނު ޒަހަމުތަކަށް އަލީ ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ މީހުން މުޖުތަމައުއަށް ދޫވެފައި […]

ޝިއުނާ އާދަމް
އުރީދޫގެ ހިތަދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ އަޕްގްރޭޑް ކޮށްފި

އުރީދޫގެ ހިތަދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ އަޕްގްރޭޑް ކޮށްފި

އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް މިއަދު ހުޅުވައިލައިފިއެވެ. އުރީދޫގެ އާ ޓެގްލައިން “އަޕްގްރޭޑް ޔޯ ވޯލްޑް” ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމަ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުންޏެވެ. ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއ...

އަޙްމަދު ވަހީދު
އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ކައުންސިލާ ހަވާލުކުރަން ހުށަހަޅައިފި

އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ކައުންސިލާ ހަވާލުކުރަން ހުށަހަޅައިފި

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް ކައުންސިލްތަކާ ހަވާލުކުރާގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ  އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. އިސްލާހު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައި އިލެކްޝަންތަކަށް ދާ ހަރަދު މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް އިލެކްޝަންސ...

ޝިއުނާ އާދަމް
އޭސީސީ އާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައްދަލުކޮށްފި

އޭސީސީ އާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައްދަލުކޮށްފި

ކޮރަޕްޝާނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޯށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިކަމުގެމަޝްވަރާ ކުރެވިފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި، ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިންގެ މެދުގައި މިއަދު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އޭސީސީން ބުނިގޮތުގައި މި ބައްދަލުކުރުމުގައި ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލް ދެއްކެވި ވާހަކ...

ޝިއުނާ އާދަމް
އަލީ ސާލިހަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

އަލީ ސާލިހަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

މިނިސްޓްރީ އޮފް އެންވާރަމަންޓް ކްލައިމެޓް ޗޭންންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހުޅުމާލެ މަގުމަތިން ހަމަލާ ދިން މީހާ ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ހުޅުމާލެ މަގުމަތީގައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުކުރު ނަމާދު ވަގުތު ސަލްމާން […]

ޝިއުނާ އާދަމް
އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި

އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި

އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއްހުރިކަން ފާހަގަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ. އައްޑޫސިޓީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ޤާނޫނު...

ޝިއުނާ އާދަމް
''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''

''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''

ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ، ޢިލްމީ ދިރާސާތައް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022″ އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މި އޯގަސްޓް 22 އިން 23 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝިޢާރަކީ، ”ޤައުމު ބިނާކުރުމަށް ދިރާސާކުރުން” އެވެ. މި ކޮންފަރެންސް އި...

ޔުމްނާ ޢަލީ