ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯޅަ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ދިއްދޫ ކައުންސިލާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން 10 ދުވަހުގެ މުއްދަތަށް ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2022 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ އެ ދިދާރާގެ ފޯނު 6500019 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ދިއްދޫގައި މިހާރު ހޭންޑް ބޯޅަ މުބާރާތްތައް ބާއްވަމުން އަންނަ ކަމަށާއި، ވުމާއެކު އެ ރަށުގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކޯޗުން ތަމްރީން ކުރުމަކީ މުހިންމުކަމެއްކަމަށެވެ.
މި ޕްރްގްރާމް ކުރިއަށް އޮތް ސެޕްޓެމްބަރ މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި، ޓާގެޓަކީ 30 ބައިވެރިންނާއިއެކު މި ޕްރޮގްރާމް ފެށިގެން ދިޔުން ކަމަށެވެ. ދިއްދޫއިން 30 ބައިވެރިން ހަމަނުވެއްޖެނަމަ ކައިރި ރަށްތަކަށް ވެސް ފުރުޞަތު ހުޅުވާލަން ވިސްނާކަމުގައި އަބްދުﷲ ރަޝީދުވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!