މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1290 ވަނަ ޞަފްޙާ

ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފި

ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފި

މޯލްޑިވެސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ ޝަހީބް މީޑިއާއިން ހިލޭ ކުރިއަށްގެންދާ ކޯހެކެވެ އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް ރޭގަނޑު 8 އިން 10:30 އަށް އަހުމަދިއްޔާ އިންޓަނ ޝަނަލް ސްކޫލްގައި ކުރިއަށްދާ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވ...

ޝިއުނާ އާދަމް
ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގައުމީ ކެމްޕޭނެއް ފަށައިފިއެވެ. “ފަސްގަނޑު’ ގެ ނަމުގައި ފެށި މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. މިކެމްޕެއިނުގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އާންމުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސިއްހީ، އިޖުތިމާއީ، ތައުލީމީ، ޖެންޑާގެ އިތުރުން އިގްތިސޯދީ ދާއިރާ އެވެ. އެގޮތުން ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގަޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި...

ޝިއުނާ އާދަމް
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޞަފާތަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒް...

ޔުމްނާ ޢަލީ
އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ. އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 14 ޑިސެމްބަރު 2022 ގެ ނިޔަލަށް ހަމަވާތީ އެވެ. ހޯމް މިނިސްޓްރީން އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މީޑިއާ ތަމްސީލު...

ޔުމްނާ ޢަލީ
ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން ހަވާލުކޮށްފި

ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން ހަވާލުކޮށްފި

ށ. ބިލެއްފަހީ ސްކޫލުގައި ހަތަރު ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެޑިޔުކޭޝަނުން މިނިސްޓްރީން ވިދާޅުވާގޮތުގައި މި މަޝްރޫޢުއަށް 17,367,860.66 ރުފިޔާ ޚަރަދު ވާނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. ށ. ބިލެތްފަހީ ސްކޫލަކީ 143 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ. އެޑިޔުކޭ...

ޔުމްނާ ޢަލީ
ށ. ފޭދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރަަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 276 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 90 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ […]

އަޙްމަދު ވަހީދު
އެސްޓީއޯއިން ގެދޮރުވެރިންނަަށް ހާއްސަކޮށްގެން ''މަގޭ ހިޔާ''

އެސްޓީއޯއިން ގެދޮރުވެރިންނަަށް ހާއްސަކޮށްގެން ''މަގޭ ހިޔާ''

އެސްޓީއޯއިން ގެދޮރުވެރިންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. “މަގޭ ހިޔާ” ގެ ނަމުގައި ތައާރަފު ކުރި މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 10 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕިޕިލަސް ޗޮއިސްގައެވެ. މި ޕްރޮމޯޝަމުގެ ދަށުން ބޮޑެތި ޑިސްކައުންޓުތައް ލިބޭއިރު ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. ޕްރޮމޯޝަނުގައި ޑިސްކައުންޓް ދިނުމުގައި ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. އެއީ – ރިހި (15،000ރ.-25،000ރ. ގެ މުދާ) : 12 އިންސައްތަ ޑިސްކައުންޓް – […]

އަޙްމަދު ވަހީދު
އެއްޖިންސުން ގުޅުންހިންގި މައްސަލަ: ހަތަރު މީހަކަށް ދައުވާކޮށްފި

އެއްޖިންސުން ގުޅުންހިންގި މައްސަލަ: ހަތަރު މީހަކަށް ދައުވާކޮށްފި

ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ 18 އޮގަސްޓު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކ...

ޔުމްނާ ޢަލީ
ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން އާ ހިއްވަރަކާއިއެކު މަސައްކަތް ފަށަނީ

ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން އާ ހިއްވަރަކާއިއެކު މަސައްކަތް ފަށަނީ

ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން އާހިއްވަރަކާއިއެކު މަސައްކަތް ފަށަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން މަޝްވަރާކޮށްފިއެވެ. ބޮޑުކަންނެލި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް ބީ.ކޭ.އެމް.ޔޫ ރަޖިސްޓްރީކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެޖަމިއްޔާ ރަސްމީކޮށް އިފްތިތާޙްކޮށް ޙަރަކާތްތަށް ފަށާފައި ވަނީ މަސްވެރިންގެ ދުވަސްކަމަށްވާ އެ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ޖަމިއްޔާ ވުޖޫދުވުމާއެކު މި...

އަލީ އާދިލް
އެމްބާޕޭ ގެ ހެޓްރިކާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

އެމްބާޕޭ ގެ ހެޓްރިކާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ފްރާސްލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން 7-1 ގެ ނަތީޖާއިން ލިއޯ ބަލިކޮށް ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭ ހެޓްރިކް ހަދައިފިއެވެ. އެމްބާޕޭ ހެޓްރިކް ހަދާފައިވަނީ މެޗުގެ އެއްވަނަ މިިނިޓާއި، 66 އަދި 87 ވަނަ މިނެޓުގައި ޖެހި ގޯލު ތަކުންނެވެ. ފުރަތަނަ ގޯލު މެސީގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިންއިރު ފަހު ދެގޯލު ޖަހައިފައިވަނީ ނޭމާގެ އެހީތެރިކަމާއެކުގައެވެ. އެމްބާޕޭ ޖެހި ފަހު ގޯލަކީ މި ސީޒަންގައި 3 މެޗުން ޕީއެސްޖީއިން ޖެހި 17 ވަނަ ގޯލެވެ. އެމްބާޕޭގެ […]

އަލީ ރިޔާޟް
މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ތަފާތު ކުރުން ހުއްޓުމަކަށް ގެންނަންޖެހޭ: އަނާރާ

މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ތަފާތު ކުރުން ހުއްޓުމަކަށް ގެންނަންޖެހޭ: އަނާރާ

ޒަމާނުއްސުރެ އޮތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ތަފާތުކުރުމުގެ ސަގާފަތް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ. ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ބާ ކައުންސިލްގެ ނިމުނު ދައުރުގެ އެގްޒެކް ކޮމެޓީގެ މެންބަރުކަން ވެސް ކުރެއްވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވި ކަމަށް، ”ރަށްރަށު މީހުންނަށް ލިބޭނީ ފްލެޓް، ގޯތި ލިބޭނީ މާލެ މީހުންށަށް އެކަނި” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް […]

އަލީ އާދިލް
ބާސެލޯނާއިން ލީގު ދެވަނަ މެޗު ކާމިޔާބު ކޮށްފި

ބާސެލޯނާއިން ލީގު ދެވަނަ މެޗު ކާމިޔާބު ކޮށްފި

ލަލީގާ ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ. ރިއާލް ސޮސައިޑޭޑް ދަނޑުގަ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ލެވަންޑޮސްކީ ގެ ގޯލުން ބާސާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ބާސާއަށް ލީޑު ހިފަހައްޓައިލެވުނީ 5 މިނެޓު ވަންދެންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެލެކްސަންޑްރާ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މެޗުގެ ފުރަތަަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން […]

އަލީ ރިޔާޟް
ނިއުކާސަލްއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

ނިއުކާސަލްއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވިޔަނުދީ ނިއުކާސްލއިން ސިޓީ ހިފައްޓައިފިއެވެ. ނިއުކާސަލްގެ ޖޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ސިޓީއިން ލަޑެއްޖަހާ ލީޑް ނެގިއެވެ. ބާނާޑޯ ސިލްވާގެ އެހީތެރިކަމާއެކު މި ލަޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ގުންޑަގަން އެވެ. މިގެއެލް އަލަމެރޮން ގެ ގޯލުން ނިއުކާސަލްއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ މެޗުގެ […]

އަލީ ރިޔާޟް
ލީޑްސްއިން ޗެލްސީ ބަލިކޮށްފި

ލީޑްސްއިން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ލީޑްސްއިން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ލީޑްސްއިން ޕްރެސް ކޮށްގެން ކުޅެފައިވާއިރު، އެ ޓީމުގެ ޕްރެސިން ގޭމްގެ ސަބަބުން ޗެލްސީއަށް ދިޔައީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސުން އެ ޓީމްގެ ކީޕަރ މެންޑީއަށް ކުޅުނު ބޯޅަ، މެންޑީއަށް […]

އިބްރާހިމް ޚަލީލް
ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ އެންމެ ފަހު ސެޝަން މިއަދު ކުރިއަށް ގެންދިޔަ އިރު ކޮންގްރެސް އަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓަށް އަހައި ނިންމާލުމުގެ ކުރިް ރައީސް ސޯލިހު ކޮންގްރެސްމަނުންނާ މުޚާތަބުކުރައްވާ ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް 2023 ވަނަ އަހަރު އޮތް އިންތިޚާބަށް ކަމަށެވެ. އެމަނިކުފާނު...

ޝިއުނާ އާދަމް
ނަޝީދު ބޭނުންވަނީ ބަރުލަމާނީ އާ މެދު އަދި މަޝްވަރާކުރަން

ނަޝީދު ބޭނުންވަނީ ބަރުލަމާނީ އާ މެދު އަދި މަޝްވަރާކުރަން

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންގޮސްފިއެވެ. ހުކުރު ދުވަހު ފެށި އިރު އެންމެ ފާހަގަކުރެވެ ކަމަކަށް އެ ކޮންގްރެސްގައި ހިމެނުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ގަރާރުގެ ބަހުސްއެވެ. މި ގަރާރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅުވެ. އެކަމަކު މި ކޮންގްރެސް ފެށުނު އިރު ވެސް ނަޝީދު އައީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ […]

ޝިއުނާ އާދަމް
އެމްޑީޕީ ކޮންގްރެސް: ވޯޓުލުން ހާމަކޮށް ގެންދަން ފާސްކޮށްފި

އެމްޑީޕީ ކޮންގްރެސް: ވޯޓުލުން ހާމަކޮށް ގެންދަން ފާސްކޮށްފި

ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށް ގެންދަން ފާސްކޮށްފިއެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަގޮތުން ނަމަ ކޮންގްރެސްގެ ވޯޓުލުން ކުރިއަށްދަނީ ސިއްރުންނެވެ. އެކަމަކު ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަކި ވޯޓެއްނަގައި އަގުލަބިއްޔަތުން ނިންމީ ހާމަކޮށް އެކަން ގެންދާށެވެ. އެގޮތުން 776 ކޮންގްރެސްމަނުން ވޯޓު ދެއްވީ ހާމަކޮށްގެން ކުރިޔަށް ގެންދިޔުމަށ...

ޝިއުނާ އާދަމް
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ

ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައ...

ޝިއުނާ އާދަމް