ޕަބްޖީ ކުޅުމަށް އުރީދޫ ޕަބްޖީ ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ.

އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ ޕަބްޖީ ޑޭޓާ ޕެކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވީއާރު ކެފޭއިން ހިލޭ ވީއާރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

Ad
rt

މި އޮފާގައި ބައިވެރިވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

މި އޮފާގައި ބައިވެރިވާ ފަރާތްތަތުގެ ތެރެއިން ފަސް ބައިވެރިއެއް ހޮވާނެއެވެ. ކޮންމެ މީހަކަށް އެއް ގަޑިއިރު ވީއާރު ކެފޭގައި ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫ ޕަބްޖީ ޑޭޓާ ޕެކޭޖު 350 ރުފިޔާއަށް އެކްޓިވޭޓު ކުރުމުން 50 ޖީބީ ލިބޭނެއެވެ.