ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ "މިސްކިތްމަގު މައިޒާން" ގައި ބަހައްޓާފައިވާ މޮނިއުމެންޓަށް ގެއްލުންދީ ހަލާކު ކޮށްލައިފިއެވެ.

އިހަވަންދޫގެ މައިގަނޑު މަސައްކަތްކަމަށްވާ މަސްވެރިކަމުގެ ސިނާއަތާއި ގުޅުވައި ދޯންޏެއްގެ ސިފައިގައި ހަދާފައިވާ މޮނިއުމެންޓަށް ބަޔަކު ގެއްލުންދީ ހަލާކު ކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

Ad
rt

ކުރިން އެ ތަނުގައި ބަހައްޓާފައި ހުރި މޮނިއުމެންޓް ހަލާކުވުމާއި ގުޅިގެން، އިހަވަންދޫ ކައުންސިލުގެ މުވައްޒަފުން އިސްނަގައިގެން ހަދާފައިވާ މޮނިއުމެންޓް އެތަނުގައި ހަރުކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރުއެވެ.

އިހަވަނަދޫ މިސްކިތްމަގު މައިޒާނަކީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން އިހަވަންދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

އެ މައިޒާން އިތުރަށް ތަރައްޤީ ކުރުމަށް އިހަވަންދޫ ކައުންސިލުން ވެސް ޕްލޭންކުރަމުން އަންނައިރު، އެ ތަނަކީ މިހާރު ވެސް އިހަވަންދޫގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ މެހެމާނުން ވެސް ހިތްހަމަ ޖައްސައި އުފާކޮށްލުމަށް ބޭނުންކުރަމުން އަންނަ ތަނެކެވެ.