ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫގެ ޖޯޒީ ނަމްބަރު 21، އިސްމާއިލް ފަތުހީއެވެ. މި ގްރޫޕުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މަރޮއްޓާއި ނަރުދޫއެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫގެ ޖޯޒީ ނަމްބަރު 23، އިސްމާއިލް ޝާފިއުއެވެ.

ގްރޫޕް ބީގައި ފޭދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ފޭދޫއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ގޮއިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ރިފާޒްއެވެ. މި ގްރޫޕުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ނޫމަރާއާއި ބިލެއްފައްސެވެ. މި މެޗު 6-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޫމަރާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނޫމަރާގެ ޖޯޒީ ނަމްބަރު 10، މޫސާ ސަނީޚްއެވެ.
މި މުބާރާތުގައި މާދަމާ ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގްރޫޕް އޭ
ނަރުދޫ – މިލަންދޫ 16:00 (ނަރުދޫ ފުޓްސަލް ދަނޑު)
ގްރޫޕް ބީ
ނޫމަރާ – ކަނޑިތީމް 16:00 (ފޭދޫ ފުޓްސަލް ދަނޑު)
ބިލެއްފަހި – ފޭދޫ 17:00 (ފޭދޫ ފުޓްސަލް ދަނޑު)

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!